Last Updated: July 27, 10:52
Monday, July 27, 2026
މުނިފޫހިފިލުވުން

މަރާޓީ ފިލްމު "ޖިއްމާ" ގެ ހިންދީ ރިމޭކެއް

ދެހާސް އެކާވީހުގައި ރިލީޒްކުރި ކާމިޔާބު މަރާޓީ ފިލްމު "ޖިއްމާ" ގެ ހިންދީ ރިމޭކެއް ހަދަން ކަރަން ޖޯހަރް ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނީ އެ ފިލްމުގެ ރައިޓްސް ހޯދައި އޭގެ ހިންދީ ފިލްމު ހަދަން ޕްލޭންކުރަމުން އަންނަ އިރު، މައިގަނޑު ކާސްޓަށް މަޝްހޫރު ތިން ބަތަލާ އަކު ޝޯޓްލިސްޓް ވެސް ކޮށްފައިވެ އެވެ. އެއީ މަދޫރީ ޑިކްސިޓާއި ވިދިއާ ބާލަންގެ އިތުރުން ނީނާ ގުޕްތާ އެވެ.

"ޖިއްމާ" އަކީ އެކިި އުމުރުފުރާތަކަށް ނިސްވަތްވާ ހަތް އަންހެނަށް، ޓްރެވެލް ކުންފުންޏަކުން ލިބޭ ޓުއާއެއްގައި ލަންޑަނަށް ކުރާ ދަތުރެއްގެ ތެރޭގައި ދިމާވާ ހެއްވާ މަޖާށ ހާދިސާތަކެއް ދައްކުވައިދިން ފިލްމެވެ. އެ ފިލްމު ޑައިރެކްޓްކުރީ ހެމަންތު ދޯމީ އެވެ.

ކަރަންގެ ދަރުމާ ޕްރޮޑަކްޝަނުން މީގެ ކުރިން ވެސް އިންޑިއާގެ ދެކުނުގެ ފިލްމުތަކެއްގެ ރައިޓްސް ހޯދައި އޭގެ ތެރެއިން ބައެއް ފިލްމުތައް ބެލުންތެރިންނަށް ގެނެސް ދީފައިވެ އެވެ. އޭގެ ތެރޭގައި ޖާންވީ ކަޕޫރް ބޮލީވުޑަށް ނެރުނު 2018 ގެ "ދަޅަކް" އާއި އެ އަހަރިު ރަންވީރު ސިންގްއާ އެކީ ގެނެސްދިން "ސިމްބާ" ހިމެނެ އެވެ.