Last Updated: June 8, 20:40
Monday, June 8, 2026
ޚަބަރު

އެލައިޑް ހެލްމެޓް އައްޑޫ އޮފީހުން ވެސް ލިބޭނެ

އެލައިޑުގެ މޮޓޯ ކެމްޕެއިން ދަށުން މޮޓޯ ކޮމްޕްރިހެންސިވް ޕޮލިސީއެއް ބައްލަވައިގެން ލިބޭ ހެލްމެޓަކީ ފުލުހުންގެ މިންގަނޑުތަކަށް ފެތޭ ހެލްމެޓެއް ކަމަށް އެލަޑުން ބުނެފި އެވެ.

އެލައިޑުގެ ފަރާތުން މި މަހުގެ 1 ދުވަހުން ފެށިގެން މޮޓޯ ކެމްޕެއިނެއް ވަނީ ފަށައިފައެވެ. މިއީ އެލައިޑުގެ މޮޓޯ ކޮމްޕްރިހެންސިވް ޕޮލިސީ ޕްރޮމޯޓް ކުރުމަށް ކުރިއަށް ގެންދާ ކެމްޕެއިނެކެވެ. މި ކެމްޕެއިންގެ ތެރެއިން މޮޓޯ ކޮމްޕްރިހެންސިވް ޕޮލިސީ އެއް ބައްލަވައި ގަންނަވާ ފުރަތަމަ 140 ކަސްޓަމަރުންނަށް ފުލުހުންގެ މިންގަނޑުތަކަށް ފެތޭ ހެލްމެޓެއް ހިލޭ ލިބިގެންދާނެ އެވެ. އަދި މި ހެލްމެޓް އައްޑޫ އޮފީހުން ވެސް ލިބޭނެ އިންތިޒާމް އެ ކުންފުނިން ވަނީ ހަމަޖައްސައިފަ އެވެ.

https://platform.twitter.com/widgets.js

އެލައިޑުގެ ކޮމްޕްރިހެންސިވް ޕޮލިސީ އުޅަނދަށް ލިބޭ ކޮންމި ފަދަ ގެއްލުމަކުންވެސް ރައްކާތެރިކަން ފޯރުކޮަށްދެވޭ ޕޮލިސީއެކެވެ. މި ޕޮލިސީގެ ދަށުން ތިން ވަނަ ފަރާތެއް މެދުވެރިވެ ލިބޭ ގެއްލުމުގެ އިތުރަށް، އުޅަނދައް ލިބޭ އެކި ބާވަތުގެ ގެއްލުން ތަކުން ރައްކާތެރިކޮށްދެ އެވެ. މީގެ އިތުރުން ޕޮލިސީއަށް އެޑްއޮން އެއްގެ ގޮތުގައި ވައްކަމުގެ ކަވަރޭޖްވެސް އިތުރު ކުރެވޭނެ އެވެ. މިއީ މިވަގުތު ރާއްޖޭގައި ފޯރުކޮށްދޭ އެންމެ ރަނގަޅު އެއް މޮޓޯ އިންޝުއަރެންސް ޕޮލިސީކަމަށް އެލައިޑުން ފާހަގަކުރެ އެވެ.

މި ކެމްޕޭންގައި އެލައިޑުގެ މޮޓޮ ކޮމްޕްރިހެންސިވް ޕޮލިސީ އެލައިޑުގެ އިސްލާމިކް ވިންޑޯ އަޔާދީއިން ނަންގަވާ ފަރާތްތަކަށާއި، އަދި އައު ކުރައްވާ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެ ކަމަށް އެލައިޑުން ބުނެ އެވެ.