Last Updated: June 14, 06:05
Sunday, June 14, 2026
ޚަބަރު

ފޯ ނޭޝަންސް ކަޕް 23 ގައި

ހަތަރު ގައުމަކުން ބައިވެރިވެގެން ބާއްވާ ފޯ ނޭޝަންސް ކަޕްގެ މި އަހަރުގެ މުބާރާތް މި މަހުގެ 23 ގައި ރާއްޖޭގައި ފަށަން ތައްޔާރުވެއްޖެ އެވެ.

މި އަހަރު ރާއްޖޭގައި ފުރަތަމަ ބައިނަލްއަގުވާމީ މުބާރާތަށް މި ބޮލީ މުބާރާތް ފަށަން ތައްޔާރީތައްވެފައިވާ އިރު، މުބާރާތުގައި ވާދަކުރަނީ ރާއްޖެ އާއި ސިންގަޕޫރާއި މެލޭޝިއާގެ އިތުރުން އަފްގާނިސްތާނެވެ. ފޯ ނޭޝަންސް ކަޕްގެ މެޗްތައް ކުޅޭނީ ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓްގަ އެވެ.

މި މުބާރާތުގެ ޖާޒީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވެސް ޔޫތު މިނިސްޓްރީ އާއި ވޮލީބޯލް އެސޯސިއޭޝަންގެ ފަރާތުން އަރުވާފައިވެ އެވެ.

މިއީ އަހަރު ރާއްޖޭގައި ބާއްވާ ފުރަތަމަ އިންވިޓޭޝަނަލް ވޮލީ މުބާރާތެވެ. މި މުބާރާތް ކުރިއަށް ދާނީ މި މަހުގެ 23-27 އަށެވެ.

ފޯ ނޭޝަންސް ކަޕަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޤައުމީ އަންހެން ވޮލީބޯޅަ ޓީމާއިފިރިހެން ޓީމް އަންނަނީ ތައިލެންޑްގައި ކޭމްޕް ކުރަމުންނެވެ.