އީފާސް އެޕް މެދުވެރިކޮށް ޑިޖިޓަލް އައިޑެންޓިޓީ ކާޑު ތަޖުރިބާކޮށްލުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލުމަށް ނޭޝަނަލް ސެންޓަ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން ނިންމައިފި އެވެ.
ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ ޑިޖިޓަލް އައިޑީ ކާޑް ބޭނުންކުރަން ފެށުމުގެ ކުރިން ޓެސްޓްކުރުމުގެ މަރުހަލާގައި ތަޖުރިބާކޮށްލުމުގެ ފުރުސަތު އާއްމުންނަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ. އެގޮތުން 500 މީހުންނަށް އެ ފުރުސަތު ހުޅުވާލަން ވަނީ ނިންމައިފަ އެވެ.
Great news! A limited preview release of our digital ID is just around the corner. Want to be among the first to try it out? Follow @eFAASmv and make sure to turn on the notification to stay in the loop. #eFaas #digitalidentity #previewrelease pic.twitter.com/4xOVC4vCXI
— Mohamed Shareef (@MohmdShareef) February 18, 2023
މީގެ މަގުސަގަދަކީ އެއްފަހަރާ ގިނަ ބަޔަކު އެ ޚިދުމަތް ބޭނުންކުރަން ފެށުމުން އަންނާނެ ބަދަލުތައް ދެނެގަނެ ރަނގަޅު ކުރަން ޖެހޭ ކަންތައްތައް ރަނގަޅު ކުރުމެވެ. އެގޮތުން މިހާރު ވެސް 180 މީހަކު ޑިޖިޓަލް އައިޑީ ނެޝަނަލް އައިޑީ ކާޑް ތަޖުރިބާ ކުރަމުން އަންނަ އެންސީއައިޓީން ބުންޏެވެ.
އަލަށް ބޭނުންކުރުމަށް ތައްޔާރުވާ މި ކާޑަކީ ސެކިއުރިޓީ ގިނަ ފީޗާތަކެއް އެކުލެވޭ ވަރަށް ރައްކާތެރި ކާޑެކެވެ.
ޑިޖިޓަލް އައިޑެންޓިޓީ ކާޑް ތައާރަފު ކުރާނީ އެއާ އެކީ އަލަށް ތައާރަފުކުރާ އީފާސް އެޕްލިކޭޝަން މެދުވެރިކޮށެވެ. މި އެޕް ފަރުމާކޮށްފައި ވަނީ ސަރުކާރުގެ އިދާރާއަކުން ދޫކުރާ އެ މީހެއްގެ ޒާތީ މަޢުލޫމާތާ ގުޅޭ ހުރިހާ ކާޑްތައް، ޑިޖިޓަލްކޮށް ބޭނުންކުރެވޭ ގޮތަށެވެ.