Last Updated: June 17, 18:14
Tuesday, June 17, 2025
ޚަބަރު

ވޯޓަކާ ނުލައި ޖޭޕީގެ ލީޑަރަކަށް ގާސިމް

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރުގެ މަގާމުގެ އިތުރު ދައުރަކަށް އެ މަގާމުގައި ހުންނެވި ގާސިމް އިބްރާހިމް އަނެއްކާވެސް އިންތިހާބުވެއްޖެ އެވެ.

ވޯޓަކާ ނުލައި ގާސިމް އެ މަގާމަށް އިންތިހާބުވީ އެ މަގާމަށް އިތުރު ފަރާތަކުން ކުރިމަތިލާފައި ނުވާތީ އެވެ.

ޖޭޕީގެ ލީޑަރުގެ މަގާމަކީ ފަސް އަހަރުގެ ދައުރަކަށް ހޮވާ މަގާމަކެވެ. ޖޭޕީގެ އަސާސީ ގަވައިދު ބުނާގޮތުން އެ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވެސް ވާދަ ކުރާނީ ޕާޓީގެ ލީޑަރެވެ. ޖޭޕީ އުފެދުނު ފަހުން އެ ޕާޓީގެ ލީޑަރުގެ މަގާމު އަދާކުރައްވަނީ ގާސިމް އެވެ.

ޖޭޕީގެ ގައުމީ ކޮންފަރެންސް މި މަހުގެ 24 އަދި 25 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ކޮންފަރެންސްގައި ހޮވާ ޖޭޕީގެ ނައިބު ލީޑަރުކަމަށް 12 ކެންޑިޑޭޓަކު ވަނީ ކުރިމަތިލައްވާފަ އެވެ. އަދި އަންހެނުންގެ ލީގުގެ ރައީސް ކަމަށް ފަސް ކެންޑިޑޭޓުން، އަންހެނުންގެ ލީގުގެ ނައިބު ރައީސްކަމަށް ހަތަރު ކެންޑިޑޭޓުން، ޒުވާނުންގެ ލީގުގެ ސެކްރެޓަރީ ކަމަށް ދެ ކެންޑިޑޭޓުން ވާދަކުރެ އެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމާ މެދު ޖޭޕީން ގޮތެއް ނިންމާނީ ވެސް މި ކޮންފަރެންސްގަ އެވެ.