ގައުމީ އެއާލައިން، މޯލްޑިވިއަން އަކީ ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކަށް ހިދުމަތް ދޭ އެއާލައިނަކަށްވާތީ އެ އެއާލައިން އޮޕަރޭޓްކުރާ ކުންފުނި. އައިލޭންޑް އޭވިއޭޝަން އޭވިއޭޝަން (އައިއޭއެސް) ގެ މުވައްޒަފުން ވާން ޖެހޭނީ އޯގާތެރިކަމާ އެކީ ހިދުމަތްދޭ ބަޔަކަށް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.
ރޭ ބޭއްވި އެ ކުންފުނީގެ އަހަރީ ސްޓާފް ނައިޓް ޝަރަފުވެރިކޮށް ދެއްވައި އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގައި އިތުރުވަމުން އަންނަ އެއަޕޯޓުތަކާ އެކީ، އެއްވެސް ރައްޔިތަކަށް ވަކި ގޮތެއް ހެދުމެއް ނެތި ހަމަހަމަކަމާ އެކީ ހުރިހާ ރައްޔިތުންނަށް އައިއޭއެސް އިން ހިދުމަތް ދޭން ޖެހޭނެ ކަމަށެވެ.
Vice President @faisalnasym attended the "Annual Staff Night" of Island Aviation Services Ltd @maldivianaero pic.twitter.com/2crzg6PxEF
— The President's Office (@presidencymv) February 18, 2023
ފައިސަލް ވިދާޅުވީ އެ ކުންފުނީގެ މުވައްޒަފުން އަދާކުރަމުން އަންނަނީ ގައުމުގެ ތަރައްގީއާއި ގުޅިފައިވާ މުހިއްމު މަސައްކަތެއް ކަމަށެވެ.
"ތި ބޭފުޅުންނަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ކޮންމެ ދުވަހަކުވެސް ޚިދުމަތް ދެމުންގެންދަވާ ބައެއް. ދުވާލެއްގެ މައްޗަށް ފަންސާސް ފްލައިޓް ފަސްދޮޅަސް ފްލައިޓް ދަތުރުކުރާއިރު އެހުރިހާ ފަރާތްތަކުން ތިއިން ކޮންމެވެސް މުވައްޒަފެއްގެ ޚިދުމަތް ލިބިގަންނާނެ،" ނައިބު ރައީސް ވިދާޅުވި އެވެ. "އެހެންކަމުން ވަކި ރައްޔިތަކަށް ބެލުމެއް ނެތި އޯގާތެރިކަމާއެކު ޚިދުމަތް ދެއްވަން ޖެހޭ."
— The President's Office (@presidencymv) February 18, 2023
އައިއޭއެސް އަކީ 1،300 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާ ކުންފުންޏެކެވެ. އެ ކުންފުންޏަކީ ރާއްޖޭގެ ބައެއް އެއާޕޯޓްތައް ވެސް ހިންގަމުން އަންނަ ކުންފުންޏެކެވެ.