ބަންގްލޭޝްގެ އެމްޑީ އަލަމްގީރާ އެކީ އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އަށް ކުރާ ދައުވާގެ އަޑުއެހުމެއް މިއަދު ބާއްވަން ތާވަލުކޮށްފި އެވެ.
އެ އަޑުއެހުން ކްރިމިނަލް ކޯޓުން ތާވަލުކޮށްފައި ވަނީ ހެނދުނު 10:00 އަށެވެ. އަދި މި އަޑުއެހުން ކުރިއަށް ގެންދަން ނިންމާފައި ވަނީ ސިއްރުންނެވެ.
ކާނަލް އަކީ އަލަމްގީރާ އެކީ ގުޅުން ހިންގި މީހުންގެ ތެރެއިން މިދިޔަ އަހަރުގެ ތެރޭގައި ވީޑިއޯއެއް ލީކްވި މީހުންގެ ތެރެއިން އެކެކެވެ.
އަލަމްގީރާ ގުޅުން ހިންގި މީހުންގެ ތެރެއިން ކުށް ސާބިތުވެ، ހުކުމް އިއްވި މީހުންގެ ތެރެއިން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރަށް އިއްވި ހަތަރު މަހުގެ ގޭބަންދު ހުކުމް ތަންފީޒުކޮށް ނިމުމުން މިދިޔަ މަހުގެ ތެރޭގައި އޭނަ ވަނީ މިނިވަންވެފަ އެވެ.
އަލަމްގީރާ ގުޅުން ހިންގައިގެން ކުށް ސާބިތުވެ ކުރީގެ ފުލުހެއް ކަމަށްވާ ފުލުހެއް ކަމަށްވާ އަބްދުއްރަހުމާން ރަފީއު (ދޮންދިގު) އަންނަނީ އަހަރަށް ވުރެ ގިނަ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.
އަލަމްގީރް ވެސް އަންނަނީ ކުށް ސާބިތުވެ ދިގު ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ.