Last Updated: July 27, 10:52
Monday, July 27, 2026
މުނިފޫހިފިލުވުން

"ވޯ 2" ގެ ޝޫޓިން އަހަރުގެ ފަހުކޮޅަށް

މީގެ ތިން އަހަރު ކުރިން ރިލީޒްކުރި ރިތިކް ރޯޝަންގެ ކާމިޔާބު އެކްޝަން ތުރިލާ "ވޯ" ގެ ދެވަނަ ބައިގެ މަސައްކަތް މި އަހަރުގެ ފަހުކޮޅު ފަށަން ޕްލޭންކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕީޕިންމޫން އިން ބުނި ގޮތުގައި އެ ފިލްމު އުފެއްދި ޔާޝްރާޖް ފިލްމްސް ވަައިއާރްއެފް) ގެ ވެރިޔާ އަދިތިޔާ ޗޯޕްޅާ އާއި "ވޯ" ގެ ސްކްރީން ރައިޓަރު ޝްރިދާރް ރަގްވަން ވަނީ ފިލްމުގެ ސްކްރިޕްޓްގެ ބޮޑު ބައި ވެސް މިހާރު ނިންމައިފަ އެވެ. އެހެންވެ މި އަހަރު ނިމުމުގެ ކުރިން އޭގެ ޝޫޓިން ފަށާނެ ކަމަށާއި ރިތިކް ކުޅުނު ކަބީރްގެ ކެރެކްޓާ އިން އޭނަ ފެންނާނެ ކަމަށް ވެސް ބުންޏެވެ.

ވައިއާރްއެފްގެ މިހާރުގެ އަމާޒަކީ ވަރުގަދަ "ސްޕއި ޔުނިވާސްއެއް" ބިނާކުރުމެވެ.

"ވޯ" ގައި ރިތިކާ އެކީ މުހިއްމު ރޯލެއް ކުޅުނު ޒުވާން އެކްޓަރު ޓައިގާ ޝްރޮފްގެ ބަދަލުގައި "ވޯ 2" ގެ އެންމެ ހާއްސަ ކަމަކަށް ވާނީ "ޕަތާން" ގައި ޝާހްރުކް ޚާން ކުޅުނު ޕަތާން ކެރެކްޓާ އާއި "ޓައިގާ" ފްރެންޗައިޒްގައި ސަލްމާން ޚާން ކުޅޭ ޓައިގާ ކެރެކްޓާގެ ވަރުގަދަ ފެނިލުންތަކެއް ހިމެނުމެވެ.

ސަލްމާންގެ "ޓައިގާ 3" މި އަހަރުގެ ނޮވެމްބަރުގައި ރިލީޒްކުރަން ހަމަޖެހިފައިވާ އިރު، ޓައިގާ އާއި ޕަތާން ކެރެކްޓާގެ ވަރުގަދަ ކުރިމަތިލުންތަކެއް ހިމެނޭ ފިލްމެއް ހަދަން ވައިއާރްއެފުން މިހާރު ވަނީ ނިންމައިފަ އެވެ.

ޕީޕިން މޫން އިން ބުނި ގޮތުގައި "ވޯ"ގެ ޑައިރެކްޓަރު ސިދާތު އާނަންދުގެ ބަދަލުގައި ސީކްއެލް އެހެން ޑައިރެކްޓަރަކު ލައްވައި ހެދުމުގެ ވިސްނުން ވެސް އަދިތިޔާ އަންނަނީ ގުޅެމުންނެވެ. ޝާހްރުކާ އެކީ "ޕަތާން" ގެނެސްދިނުމަށް ފަހު، ސިދާތު މިހާރު އަންނަނީ ރިތިކާ އެކީ އޭރިއަލް އެކްޝަން ތުރިލާ "ފައިޓާ" ގެ މަސައްކަތް ކުރަމުންނެވެ.

އަންނަ އަހަރުގެ ޖެނުއަރީ 25 އަށް ތާވަލުކޮށްފައިވާ މި ފިލްމުގެ ކާސްޓްގައި ދީޕިކާ ޕަދްކޯނާއި އަނިލް ކަޕޫރް ވެސް ހިމެނެ އެވެ.

ރިތިކާއި ޓައިގާގެ އިތުރުން ވާނީ ކަޕޫރާ އެކީ ގެނެސްދިން "ވޯ" އަކީ 2019 ގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ބޮލީވުޑް ފިލްމެވެ. ޖުމްލަ 170 ކްރޯޑް ރުޕީސް 21 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި ފިލްމަށް ބޮކްސް އޮފީހުގައި 57.5 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބުނެވެ.