ރާއްޖޭގައި ހިޓާޗީގެ އުފެއްދުންތައް ވިއްކާ އެސްޓީއޯ އިން އެ ބްރޭންޑްގެ މުޅިން އާ އުފެއްދުންތަކެއް ރާއްޖެ އަށް ތައާރަފުކޮށްފި އެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ރަސްމިއްޔާތެއްގައި ހިޓާޗީގެ އާ އުފެއްދުންތައް ތައާރަފުކޮށްދެއްވީ ޖެނެރަލް މެނޭޖަރު އަހްމަދު ޝިފާނާއި ހިޓާޗީ ހޯމް އެޕްލަޔަންސަސްގެ ޑިރެކްޓާ ސޭލްސް ތަރުން ޖައިން އެވެ.
Arcelik Hitachi Home Appliances, Director of Sales Mr. Tarun Jain, and STO General Manager Mr. Ahmed Shifan unveiled a new line of home appliances with cutting-edge technology & premium designs to the market! #Hitachi #authorizedistributor pic.twitter.com/ljMe1r5bix
— STO People's Choice (@stopcmv) February 18, 2023
އަލަށް ތައާރަފްކުރި ހިޓާޗީގެ އުފެއްދުންތަކުގެ ތެރޭގައި ހިމެނެނީ ފްރެންޗް ބޮޓޮމް ފްރީޒާ ލަގްޒަރީ އާއި ހިޓާޗީ އެއާ ކޮންޑިޝަނާގެ އާ މޮޑެލްތަކާއި ހިޓާޗީ ވޮޝިން މެޝިން ބީޑީ-120އެކްސްޖީވީ އާއި ހިޓާޗީ ވެކިއުމް ކްލީނާ ޕީވީ-އެކްސްއެލް2ކޭގެ އިތުރުން ހިޓާޗީ މައިކްރޯވޭވްގެ ތަފާތު ތިން މޮޑެލްއެކެވެ.
We have some exciting offers for the newly launched Hitachi products!
⏰Offers valid till 24th FebruaryeSTOre ➡️ https://t.co/2ZohPvmqFz pic.twitter.com/RqCFZRlUUK
— STO People's Choice (@stopcmv) February 18, 2023
އަލަށް ތައާރަފިކުރި އުފެއްދުންތައް ގަތުމުން ހިލޭ ހަދިޔާ ލިބޭ ހާއްސަ އޮފާތަކެއް ވެސް އެސްޓީއޯ އިން ވަނީ ފަށައިފަ އެވެ.
އެސްޓީއޯ އިން ހިޓާޗީގެ އުފެއްދުންތައް ވިއްކާތާ 30 އަށް ވުރެ ގިނަ އަހަރުވެއްޖެ އެވެ.