Last Updated: July 27, 10:03
Monday, July 27, 2026
މުނިފޫހިފިލުވުން

ނެޓްފްލިކްސްގައި މިހާރު "ސާކަސް"

މިދިޔަ ޑިސެމްބަރު މަހު ރިލީޒްކޮށް ބޮކްސް އޮފީހުގައި ފިނި ތަރުހީބެއް ލިބުނު ރަންވީރު ސިންގްގެ ކޮމެޑީ ފިލްމު "ސާކަސް" ނެޓްފްލިކްސް އިން ސްޓްރީންކުރަން ފަށައިފަ އެވެ.

މި ފިލްމަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ޑައިރެކްޓަރު ކަމަށްވާ ރޯހިތު ޝެޓީގެ ފިލްމެކެވެ. އެކަމަކު "ސާކަސް" ވެފައި އޭނަ ފުލުފުލުގައި ގެނެސްދެމުން އައި ބޮޑެތި ހިޓްތަކަށް ލަދުވެތި ކަމަކަށެވެ. ފިލްމު ސިނަމާތަކުގައި ބަލާނެ ބަޔަކު ނުވި އިރު، މިއީ މާ ބޮޑު އޮއްޓަރެއް "ކުލަމަޖާގަނޑެއް" ގެ ގޮތުގައި ބައެއް ކްރިޓިކުން ފިލްމު ސިފަކޮށްފައިވެ އެވެ.

"ސާކަސް" އަކީ މަޝްހޫރު އަދީބު ޝޭކްސްޕެއާގެ "ކޮމެޑީ އޮފް އެރާސް" އަސްލަކަށް ބަލައިގެން ހެދި ފިލްމެކެވެ. ރަންވީރާއި ވަރޫން ޝަރުމާ ޑަބަލް ރޯލުތައް ކުޅުނު ފިލްމުގެ ބަތަލާއިންނަކީ ޖެކްލިން ފެނާންޑޭޒާއި ޕޫޖާ ހެގްޅޭ އެވެ. "ސާކަސް" އަކީ 2020 ގައި އަކްޝޭ ކުމާރާ އެކީ ގެނެސްދިން "ސޫރިއަވަންޝީ" ފަހު ރޯހިތު ގެނެސްދިން ފުރަތަމަ ފިލްމެވެ. އަދި މިއީ 2018 ގެ "ސިމްބާ" ގެ ބޮޑު ކާމިޔާބީ އަށް ފަހު ރޯހިތާއި ރަންވީރު އެކީގައި މަސައްކަތްކުރި ދެވަނަ ފިލްމެވެ.

"ސިންގަމް" ސީރީޒާއި "ގޯލްމާލް" ފްރެންޗައިޒްގެ ޑައިރެކްޓަރު ދެން ހަދަން އޮތް ފިލްމަކީ އަޖޭ ދޭވްގަނާއި ދީޕިކާ ޕަދްކޯނާ އެކީ ހަދަން ނިންމާފައިވާ "ސިންގަމް އެގެއިން" އެވެ.