Last Updated: June 23, 19:16
Tuesday, June 23, 2026
ޚަބަރު

އައްބާސް އަށް ދައުވާކޮށްފި

އައްޑޫގައި މީގެ 11 އަހަރު ކުރިން ހިންގި ހުޅު ޖެހުމުގެ ބޮޑު ހާދިސާ އަށް ބަދަލު ހިފުމުގެ ގޮތުން އިންޑިއާ އެމްބަސީގައި ރޯކޮށްލަން ގޮވާލަން ޓްވީޓުކުރުމާއި ކްލަބް ހައުސްގައި ދެއްކި ވާހަކަތަކެއްގައި ވެސް އެކި ތަންތަނުގައި ހުޅުޖަހަން ގޮވި މައްސަލައިގައި އައްބާސް އާދިލް ރިޒާގެ މަައްޗަށް، ފަނާކޮށްފާނެކަމުގެ ބިރު ދެއްކުމުގެ ދައުވާ ދައުލަތުން އުފުލައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރާއި މި ސަރުކާތުގެ އިސް މަގާމުތަކެއް ވެސް ކުރިން ފުރުއްވި ހުޅުޖަހަން ގޮވި މައްސަލަގައި މިދިޔަ ޑިސެމްބަރު 25 ގައި ހައްޔަރު ވެސް ކުރި އެވެ. އަދި ފަހުން އޭނަ ދޫކޮށްލީ މިިދިޔަ މަހުގެ ތެރޭގަ އެވެ.

އޭނަގެ މައްޗަށް ގާނޫނުލްއުގޫބާތުގެ ދަށުން ދައުލަތުން އޭނާގެ މައްޗަށް އުފުލީ ފަނާކޮށްފާނެކަމުގެ ބިރުދެއްކުމުގެ ދައުވާ އެވެ. އެ ކުށް ސާބިތުވެއްޖެ ނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.