މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ރިބްރޭންޑްކުރަން ނިންމައިފި އެވެ.
އެތަނުން ބުނީ މިކަން ކުރަން ބޭނުންވާތީ ލޯގޯ އަލުން ޑިޒައިންކުރުމާއި ރީބްރޭންޑިންގެ މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވައިލާ ކަމަށެވެ. އެގޮތުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 22 ގެ ކުރިން ރަޖިސްޓްރީކޮށް، މި މަހުގެ 28 ގައި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
ރަޖިސްޓްރީކުރަން ޖެހެނީ މި [email protected] މެއިލް މެދުވެރިކޮށެވެ.
މިކަމާ ބެހޭ އިތުރު މައުލޫމާތު އެމްއެމްސީގެ ނަންބަރުން 3003995 އިން ހޯދޭނެ އެވެ.