Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ސްޓެލްކޯ އިން ކަސްޓަމާ ސާވިސް ތަމްރީނެއް ދީފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން އދ. އަތޮޅުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކަސްޓަމާ ސާވިސް ތަމްރީނެއް ބާއްވައިފި އެވެ.

މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ހަފްތާ ބަންދުގަ އެވެ.

ސްޓެލްކޯ އިން ބުނީ މިއީ އަތޮޅުތެރޭ އިންޖީނުގެތަކުގެ ހިންގުން އިތުރަށް ރަނގަޅުކޮށް، ކަސްޓަމަރުންނާއި އޮންނަ ގުޅުން ބަދަހިކުރުމަށާއި، މުއާމަލާތްކުރުމުގައި ގެންގުޅޭނެ ހަރުދަނާ އުސޫލުތަކާއި ގުޅޭގޮތުން ބޭއްވި ތަމްރީނެއް ކަމަށެވެ.

ސްޓެލްކޯ އިން އަންނަނީ އެކުންފުނީގެ މުވައްޒަފުން ހަރުދަނާ ކުރުމަށް ތަފާތު އެކި ޕްރޮގްރާމްތައް ހިންގަމުންނެވެ.