Last Updated: July 16, 13:04
Thursday, July 16, 2026
ޚަބަރު

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަންނަ މަހު

މިދިޔަ އަހަރުން ފެށިގެން ދޭން ފެށި "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް" ހަފްލާ އަންނަ މަހު ބާއްވާ ގޮތަށް ނިންމައިފި އެވެ.

މި އެވޯޑު ހަފްލާ އޮންނާނީ އަންނަ މަހުގެ 16 ވަނަ ދުވަހު އެވެ.

މިއީ ރާއްޖޭގައި ކުޅިވަރު ކުޅޭ ކުޅުންތެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ އެވޯޑެކެވެ. އެގޮތުން ކުޅުންތެރިންނާއި ކޯޗުންނާއި ކުޅިވަރުގެ އޮފިޝަލުންނަށް ވެސް އެވޯޑް ދޭނެ އެވެ. އަދި ކުޅިވަރުން ރަން ވަނަތައް ހޯދާ ކުޅުންތެރިންނަށް ވެސް އެވޯޑް ދޭނެ އެވެ.

މިދިޔަ އަހަރު އެވޯޑު ދީފައިވަނީ 2019، 2020 އަދި 2021 ވަނަ އަހަރު އެއްކޮށްލައިގެން ބޭއްވި މުބާރާތްތަކާއި ކާމިޔާބީ އަށް ބެލުމަށްފަހު އެވެ.

އެގޮތުން މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ އަހަރުގެ ކުޅިވަރު ސަހުސިއްޔަތުގެ އެވޯޑް ލިބިފައިވަނީ ރާއްޖޭގެ އެންމެ ބާރު ދުވުންވެރިޔާ ހަސަން ސާއިދު އާއި ކާމިޔާބު ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ އަށެވެ.

އެ އެވޯޑު ހަފްލާ އަށް ރާއްޖެ އިން ބޭރުގެ ކުޅިވަރުގެ ތަފާތު އެކި ޝަހުސިއްޔަތުތައް ރާއްޖެ އަށް އައިސްފައިވެ އެވެ.