Last Updated: June 14, 06:05
Sunday, June 14, 2026
ޚަބަރު

ސިޔާސީ ކަންކަން ހުންނަން ވާނީ އިސްލާމީ ގޮތަށް

ރާއްޖެ އަކީ އިސްލާމީ ގައުމަކަށްވާތީ ރާއްޖޭގައި ހިނގާ ސިޔާސީ ކަންކަމާއި ސިޔާސަތުތައް ވެސް ހުންނަން ވާނީ އެ މަގުން ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓަރުގެ މަގާމުގައި ވެސް ހުންނެވި އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ އަށް ހަގީގީ މުސްތަގުބަލެއް ވެސް އޮތީ އެ ގޮތުގައި ކަންކަން ކުރިއަށް ގެންގޮސްގެން ކަމަށެވެ.

"ދިވެހި ރާއްޖެ އަކީ އިސްލާމީ ގައުމަކަށްވީ ހިނދު، ރާއްޖޭގެ ސިޔާސީ މަސައްކަތްތައް ސިޔާސަތުތައް ބަހައްޓަން ވާނީ އިސްލާމީ މަޝްރޫއަށް މަގުފަހިވާ ގޮތަށް." އޭނާ ވިދާޅުވި އެވެ.

އިމްރާން ނިސްބަތްވާ އަދާލަތު ޕާޓީ އަކީ ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ނިސްބަތްވާ ޕާޓީއެކެވެ.