އިންޑިއާގެ މަޝްހޫރު ޒުވާން ސެލެބްރިޓީ ޖަންނަތު ޒުބައިރު ކިޔާފައިވާ ލަވައެއް ނެރެފި އެވެ.
މިދިޔަ އަހަރު ކަލާސް އިން ގެނެސްދިން "ހަތުރޯން ކޭ ކިލާޅީ" ސީޒަން 12 ގައި ވާދަކޮށް ހަތަރު ވަނަ ވެސް ހޯދި 29 އަހަރުގެ ޓީވީ ބަތަލާ ނެރުނު ޕޮޕް ލަވައިގެ ނަމަކީ "ބާބޫ ޝޯނާ މޯނާ" އެވެ.
ދާދި ފަހުން އުމުރާގެ އަޅުކަން ވެސް އަދާކުރި ޖަންނަތު ބުނީ އަބަދު ވެސް އޭނަ އަކީ ލަވަކިޔަން ޝައުގުވެރިވ މީހެއް ކަމަށާއި އެންމެ ފަހުން ޕްރޮފެޝަނަލް ލެވެލްގައި ލަވައެއް ރެކޯޑްކުރަން ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. "ބާބޫ ޝޯނާ މޯނާ" ގެ މިއުޒިކް ހެދީ ޒުބައިރު ރަހްމާނީ އެވެ.
ލަވައިގެ އޯޑިއޯ އަށް ފަހު، މާ ލަސްތަކެއް ނުވެ މީގެ ވީޑިއޯ ވެސް ނެރޭނެކަމުގެ އިޝާރާތެއް ވެސް ކުރިން ވެސް ވީޑިއޯ ލަވަތަލެކެއް ކުޅެފައިވާ ޖަންނަތު ދީފައިވެ އެވެ.
ބޮލީވުޑުގެ ފިލްމުތައް ކަމަށްވާ "ހިޗްކީ" އާއި "ލަވް ކާ ދި އެންޑް" ގައި ވެސް މަސައްކަތްކޮށްފައިވާ ޖަންނަތު ކުޅުނު ސިލްސިލާތަކުގެ ތެރޭގައި "ކާޝީ"، "ތޫ އާޝިގީ" އަދި "އާޕް ކެ އާ ޖާނޭ ސޭ" ހިމެނެ އެވެ.