Last Updated: July 18, 05:59
Friday, July 18, 2025
ޚަބަރު

ތައުލީމީ ދާއިރާގެ ބޭރުގެ އެވޯޑަކަށް ހުޅުވާލައިފި

ބޭރުގެ ތައުލީމީ ދާއިރާގެ އެވޯޑަކަށް ނަން ހުށަހެޅުމުގެ ފުރުސަތު ރާއްޖެ އަށް ވެސް ލިބިފައިވާތީ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި އެވޯޑަކީ "ޔުނެސްކޯ-ޖަޕާން ޕްރައިޒް އޮން އެޑިޔުކޭޝަން ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް" ކަމަށެވެ. މިއީ ޔުނެސްކޯގެ މެމްބަރު ޤައުމުތަކަށް ހުޅުވާލާފައިވާ އެވޯޑެކެވެ.

މި އެވޯޑަކީ ތަޢުލީމީ ދާއިރާގައި ދެމެހެއްޓެނިވި ތަރައްގީ އަށް އަމާޒުކޮށް ހިންގޭ އެކި ޕްރޮގްރާމްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައިވާ ފަރާތްތަކަށް ދެވޭ އެވޯޑެކެވެ.

މި އެވޯޑަށް ނަންހުށަޅާ މީހުންގެ ތެރެއިން ހޮވޭ 3 މީހަކަށް 50،000 ޑޮލަރުގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ. އަދި "ޔުނެސްކޯ އީއެސްޑީ-2030 ގްލޯބަލް ނެޓްވޯކް" އާ ގުޅިގެން މަސައްކަތްކުރުމުގެ ފުރުސަތު ވެސް އެ ތިން މީހުންނަށް ލިބޭނެ އެވެ.

"ޔުނެސްކޯ-ޖަޕާން ޕްރައިޒް އޮން އެޑިޔުކޭޝަން ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް" އެވޯޑަކީ ޖަޕާނުގެ ސަރުކާރުން ފަންޑްކުރާ އެވޯޑެކެވެ.

މި އެވޯޑަށް ރާއްޖޭން ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކަށް އަންނަ މަހުގެ 21 އާ ހަމައަށް ފުރުސަތު އޮންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެެ. މިއަށް މި ލިންކް p://co.po.co//co/-Pzމެދުވެރިކޮށް ނަން ހުށަހެޅޭނެ އެވެ. އަދި މި ލިންކް p://.co.o//pz/co–opމެދުވެރިކޮށް އެވޯޑާ ބެހޭ އިތުރު މައުލޫތު ލިބޭނެ އެވެ.