Last Updated: June 8, 21:45
Tuesday, June 9, 2026
ޚަބަރު

ރައީސް ސޯލިހް ސިންގަޕޫރަށް ވަޑައިގަންނަވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ސިންގަޕޫރަށް ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެފައިވަނީ ރައީސް ސޯލިހް މިއަދު ސިންގަޕޫރަށް ފުރާވަޑައިގަންނަވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ މި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއް ކަމަށް ވިދާޅުވެފައިވެއެވެ.

މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ތާރީހެއް ހާމަކުރައްވާފައެއް ނުވެއެވެ. އަދި މިދަތުރުފުޅާ ގުޅޭ އިތުރު ތަފުސީލެއްވެސް ހާމަކުރައްވާފައެއް ނުވެއެވެ.

ރައީސް ސޯލިހް ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ސިންގަޕޫރުގައި ތައިރޮއިޑް ފަރުވާ އަކަށް ސާޖަރީއެއް ހައްދަވާފައެވެ.