ކުއްޔަށް ތަންތަން ދިނުމުގެ މުޢާމަލާތްތަކުގައި އޮޅުވާލައިގެން ބޮޑެތި ޢަދަދުތަކުން ފައިސާ ހޯދުމުގެ މައްސަލަތައް ހުށަހެޅޭތީ އެކަމަށް ސަމާލުވުމަށް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން އިލްތިމާސްކޮށްފި އެވެ.
އެ އޮފީހިން ބުނީ ގެދޮރު ފަދަ ތަންތަން ކުއްޔަށް ދިނުމުގެ މުޢާމަލާތްތަކުގައި ސައްހަ ނޫން ލިޔުން އުފައްދައި ކުއްޔަށް ހިފާ ފަރާތަށް އޮޅުވާލައިގެން ބޮޑެތި ޢަދަދުތަކުން ފައިސާ ހޯދުމުގެ މައްސަލަތަކެއް ހުށަހެޅެމުން ދާ ކަމަށެވެ.
ގެދޮރު ފަދަ ތަންތަން ކުއްޔަށް ދިނުމުގެ މުޢާމަލާތްތަކުގައި ޞައްޙަނޫން ލިޔުން އުފައްދައި ކުއްޔަށް ހިފާ ފަރާތަށް އޮޅުވާލައިގެން ބޮޑެތި ޢަދަދުތަކުން ފައިސާ ހޯދުމުގެ މައްސަލަތައް ހުށަހެޅޭ. ކުލީގެ މުޢާމަލާތްތައް ހިންގެވުމުގައި ސަމާލުވެލައްވާ! 1/2 pic.twitter.com/5tjvfIOCgO
— PGOMV (@PGO_MV) February 18, 2023
އެގޮތުން ގޭގެ ވެރިފަރާތުގެ އަތުން ތަނެއް ހުއްޔަށް ނެގުމަށް ފަހު އެތަނުގެ އެއްބަސްވުމަށް ބަދަލު ގެނެސްގެނެސް އެހެން މީހުންނަށް އެތަން ކުއްޔަށް ދިނުމުގެ ނަމުގައި ބޮޑެތި އަދަދުތަކުން ފައިސާ ނަގަމުން ދާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އަދި އެފަދަ ތަންތަނުގެ ހަގީގަތް އެނގޭ އިރު ބައެއް ފަރާތްތަކުގެ އަތުން ލައްކައިން ފައިސާ އަތުލާފައި ވެސް ހުންނަކަން ފާހަގަވެފައިވާ ކަމަށް ބުންޏެވެ.
ގިނަ ފައިސާ ހިމެނޭ ކުލީގެ މުޢާމަލާތްތައް ހިންގެވުމުގައި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯއްދަވާ. އަދި ތަނުގެ ވެރިފަރާތް ކަށަވަރު ކުރެއްވުން މުހިންމު. 2/2 pic.twitter.com/3C6iLi3bwW
— PGOMV (@PGO_MV) February 18, 2023
ޕީޖީ އޮފީހުން ވަނީ މިފަދަ އޮޅުވާލުންތަކުން ސަލާމަތްވުމަށް އެޅިދާނެ ފިޔަވަޅުތަކެއް ވެސް ހިއްސާކޮށްފަ އެވެ. އެގޮތުން ކުއްޔަށް ދޫކުރާ މީހާ އަކީ ހަގީގަތުގައި ވެސް އެ ބުނާ މުއްދަތަކަށް އެތަން ކުއްޔަށް ދެވޭނެ މީހެއްކަން ކަށަވަރު ކުރުމާއި ޝައްކުވާ ހާލަތްތަކުގައި ގޭގެ އަސްލު ވެރިފަރާތާ ބައްދަލުކޮށް، ކަންކަން އޮޅުން ފިލުވުން ފަދަ ކަންކަން ހިމެނެއެވެ.
މީގެ އިތުރުން ގިނަ ފައިސާ ހިމެނޭ ކުލީގެ މުޢާމަލާތްތައް ހިންގެވުމުގައި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ.