Last Updated: June 8, 21:45
Tuesday, June 9, 2026
ޚަބަރު

ދޮގު މައުލޫމާތު ދިން މެޖިސްޓްރޭޓަކު ސަސްޕެންޓް ކޮށްފި

ދޮގު މައުލޫމާތު ދިން މައްސަލައެއްގައި ދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަހުމަދު އާމިރު ސަސްޕެންޑް ކޮށްފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީން ބުނެފައިވަނީ އިސްމެޖިސްޓްރޭޓް އަހުމަދު އާމިރު ދ.ކުޑަހުވަދޫއަށް ރަށްވެހިކަން ބަދަލުކުރުމަށް އެދި، ދ.ކުޑަހުވަދޫ ކައުންސިލް އިދާރާއަށް ހުށަހެޅި އިރު ދޮގު މަޢުލޫމާތު ދިނުމާއި، ބަޔަކު ލައްވައި ދޮގު ހެކިބަސް ދީފައިވާ ކަމަށެވެ.

އަދި ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމަކީ، ކޮށްގެންވާނެ އަމަލެއް ކަމަށް ގަބޫލުނުކުރެވޭތީ އާއި، މިއީ ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ 521 ވަނަ މާއްދާގެ ދަށުން ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުން ކަމަށް ތަހުޤީޤަށް ފެންނަ ކަމަށެވެ.

މި މައްސަލައަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއްކަމުގައިވާތީ، މުސާރައާއި އިނާޔަތް ނުލިބޭގޮތަށް އިސްމެޖިސްޓްރޭޓް އަހުމަދު އާމިރު ވަޒީފާގެ މަސައްކަތަށް ނުކުތުން 2023 ފެބުރުވަރީ 19 ވަނަ ދުވަހުން ފެށިގެން ދެ ހަފުތާއަށް މަނާކުރުމަށް ނިންމާފައިވާ ކަމަށެވެ.