އަފްގާނިސްތާނުގައި ހުރި ބޭރުގެ އަސްކަރީ މަރުކަޒުތައް ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގޮތުގައި ކަނޑައަޅަން އެ ގައުމުގައި މިހާރު އޮތް ތާބަލިބާނުން ސަރުކާތުން ނިންމައިފި އެވެ.
މިކަން އިއުލާންކޮށް އިއްޔެ ސަރުކާރުން ބުނީ އަފްގާނިސްތާނުގެ އެކި ހިސާބުތަކުގައި ހުރި ބޭރު ގައުމުތަކުގެ އަސްކަރީ މަރުކަޒުތައް ސްޕެޝަލް އިކޮނިމިކް ޒޯންތަކުގެ ގޮތުގައި ކަނޑައަޅައި އެތަންތަން ދެން ބޭނުން ކުރާނީ ވިޔަފާރީގެ އެކި ބޭނުންތަކަށް ކަމަށެވެ. އެގޮތުން އެފަދަ ތަންތަމުގެ ސަބަބުން ގައުމުގެ އިގުތިސާދަށް ކުރިއެރުންތަކެއް ލިބޭނެ ކަމަށް ބުންޏެވެ.
މިކަމާ ގުޅޭ މަޝްވަރާތައް މިހާރު ކުރިއަށްދާ އިރު، އެމެރިކާ ފަދަ ގައުމުތަގައި އަފްގާނިސްތާނުގައި އަސްކަރީ މަރުކަުތައް ގާއިމުކޮށްގެން ގިނަ ދުވަސް ވަންދެން ތިއްބެވެ އެވެ. އެތަންތަން ސްޕެޝަލް އިކޮނިމިކް ޒޯންތަކުގެ ގޮތުގައި ކަނޑައަޅައި އަސްކަރީ މަރުކަޒުތައް ކުރިއަށް އޮތް ތަނުގައި ދާނީ އިންޑަސްޓްރީ އެންޑް ކޮމާސް މިނިސްޓްރީގެ ދަށަށެވެ.
އެގޮތުން އެންމެ ފުރަތަމަ ޕައިލެޓް ޕްލޭނެއްގެ ދަށުން ވެރިރަށް ކާބުލް އާއި އުތުރުގެ ބަލްކް ޕްރޮވިންސްގައި ހުރި އަސްކަރީ މަރުކަޒުތައް ވިޔަފާރީގެ މަރުކަޒުތަށް ބަދަލުކުރަން އަންނަނީ ތައްޔާރީތައް ވަމުންނެވެ.