Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

މާރިއާ ޔޫއޭއީ އަށް

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ރަސްމީ ދަތުރެއްގައި މިއަދު ޔޫއޭއީ އަށް ފުރާވަޑައިގެންފި އެވެ.

މިނިސްޓަރުގެ މި ދަތުރަކީ މިއަދުން ފެށިގެން މި މަހުގެ 24 އަށް އެ ގައުމެ އަބޫ ދާބީގައި ކުރިއަށް ގެންދާ "އިންޓަނޭޝަނަލް ޑިފެންސް އެގްޒިބިޝަން އެންޑް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރެކެވެ.

މާރިއާއާ އެކީ މި ދަތުރުގައި ސިފައިންގެ އިސް ބޭފުޅުންތަކެއް ވެސް ބައިވެރިވެވަަޑައިގަންނަވަ އެވެ.