Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ގާޒީ ނައީމަށް ނަސޭހަތް ދޭން ނިންމައިފި

ޑްރަގް ކޯޓުގެ ގާޒީ އަލްއުސްތާޛު މުހައްމަދު ނައީމަށް ނަސޭހަތްދިނުމަށް ޖުޑިޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ނިންމައިފިއެވެ.

ޖޭއެސްސީން ބުނެފައިވަނީ ގިނަ އަދަދެއްގެ ފަނޑިޔާރުން ހިމެނޭ، ފަނޑިޔާރުންގެ މެދުގައި ހިންގާ ވައިބަރ ގްރޫޕެއްގައި، ފޮނުއްވި މެސެޖްތަކަކީ ފަނޑިޔާރު ލިޔެ އެ ގްރޫޕަށް ފޮނުއްވި މެސެޖްތަކެއްކަމަށް ޤާޟީ ނައީމް އެއްބަސްވެފައިވާކަމަށެވެ.

ޤާޟީ ނައީމް ފޮނުއްވި މި މެސެޖުތަކުގެ ބަސްމަގު ހުރިގޮތުން، ވެރިންނަށް ކުރަން ޖެހޭ އަދަބު އިޚުތިރާމު ކަނޑުވައިލެވި ގަދަރު ކުޑަ ކުރެވިފައިވާކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.

މިކަމަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށްވާތީ ޤާޟީ ނައީމަށް ނަސޭހަތް ދިނުމަށް ނިންމާފައިވާ ކަމަށެވެ.