ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރު ކުރުމަށް ޤާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.
ރިޔާސީ އިންތިޚާބުގެ ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅީ ސަރުކާރުގެ ފަރާތުން، ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފެވެ.
މި އިސްލާހުގައި ބުނެފައިވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެދޭ މީހުންނަށް، އެކަމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް މަދުވެގެން 14 ދުވަސް ދޭން ވާނެ ކަމަށެވެ.
ޤާނޫނުގައި މިހާރު އޮތްގޮތުން އިންތިހާބަށް ވާދަކުރުމަށް ލިބެނީ 10 ދުވަހުގެ މުއްދަތެކެވެ.
ރިޔާސީ އިންތިޚާބުގެ ޤާނޫނަށް އިސްލާހު ހުށަހަޅާފައިވާއިރު މި އަހަރުގެ ސެޕްޓެމްބަރު 9 ގައި ރިޔާސީ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.