އެމެރިކާގެ ރައީސް ޖޯ ބައިޑެން ޔުކްރޭނަށް ވަޑައިގެންފި އެވެ.
ކުއްލި ގޮތަކަށް ބައިޑެން ޔުކްރޭނަށް ވަޑައިގެންފައިވާއިރު މިއީ ރަޝިއާ އިން ޔުކްރޭނަށް ހަމަލާދޭން ފެށިފަހުން އެގައުމަށް ބައިޑެން ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
މި ދަތުރުފުޅުގައި ބައިޑެން ވަނީ ޔުކްރޭންގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީއާ ބައްދަލުކުރައްވާ އެގައުމަށް އިތުރު ބައި ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ނިންމާފައިވާކަން އިއުލާންކުރައްވާފަ އެވެ. އޭގެތެރޭގައި އަސްކަރީ ތަފާތު އެކި ހަތިޔާރުތައް ހިމެނެ އެވެ.
ޔުކްރޭން ހަނގުރާމައިގައި އެ ގައުމަށް ލިބިފައި ހުރި ގެއްލުންއް ފޫބެއްދުމަށް މުއްސަނދި ގައުމުތަކުން ދަނީ ބޮޑެތި އެހީތައް ވަމުންނެވެ. މާލީ ގޮތުންނާއި އަސްކަރީ ގޮތުން އަދި ފަންނީ ގޮތުން އެތައް އެހީއެއް އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ޔޫރަޕުން އަންނަނީ އެގައުމަށް ފޯރުކޮށްދެމުންނެވެ.
ރަޝިއާ އިން ޔުކްރޭނަށް ހަމަލާތައް ދޭން ފެށީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ކަމަށްވާއިރު މި ހަނގުރާމައިގައި މިހާތަނަށް 42،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.