Last Updated: June 8, 20:40
Monday, June 8, 2026
ޚަބަރު

އަޔާޓާގެ އެކްރެޑިޓޭޝަނަކީ ބޮޑު ކާމިޔާބީއެއް

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ގްރައުންޑް އޮޕަރޭޝަންސް އަށް އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) ގެ މިންގަނޑުތަކަށް ފެތޭތޯ ބެލުމަށް ފަހު، އަޔާޓާ ސޭފްޓީ އޮޑިޓް ފޯ ގްރައުންޑް އޮޕަރޭޝަން (އައިއެސްއޭޖީއޯ) އަށް އެކްރެޑިޓްވުމުން ދައްކުވައި ދެނީ ގަން އެއާޕޯޓުން ޚިދުމަތް ރަނގަޅު ކުރުމަށް ދޭ އަހަމިއްޔަތުކަން ކަމަށް ގަން އެއާޕޯޓް ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރު ވިދާޅުވެއްޖެ އެވެ.

މި ކާމިޔާބީން އަކީ އޭނަ ވިދާޅުވީި ގޮތުގައި ގަން އެއާޕޯޓުން ރައްކާތެރި އަދި ރަނގަޅު ޚިދުމަތެއް ދިނުމަށް ކުރާ މަސައްކަތް ދައްކުވައިދޭ މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ. އަދި މީގެ އިތުރުން މިއީ ޚިދުމަތުގެ ފެންވަރާއި ރައްކާތެރިކަމަށް އެއާޕޯޓުން ދޭ އަހަމިއްޔަތު ފެނިގެންދާ ކަމެއް ކަމަށް ވެސް ގައިސް ވިދާޅުވި އެވެ.

އެހެންވެ ކުރިއަށް އޮތް ތަމުގައި ވެސް ރާއްޖޭގެ އެންމެ ދެކުނުގެ އިންޓަނޭޝަނަލް އެއާޕޯޓްގެ ޚިދުމަތްރައް އިތުރަށް ފުރިހަމަކޮށް ދެކުނުގެ ދޮރާޓަށް ގަން ހެދުމަކީ އަމާޒެއް ކަމަށް ގައިސް ވިދާޅުވި އެވެ.

އަޔާޓާ އޮޑިޓްއިން ފާސްވެ ގަން އެއާޕޯޓް އައިސާގޯ ރެޖިސްޓްރޭޝަން އަދި އެކްރެޑިޓޭޝަން ލިބިފައިވާއިރު، އެއާޕޯޓް ހަ ދާއިރާއަކުން އޮޑިޓް ކުރެވުނެވެ. މީގެ ތެރޭގައި ޕެސެންޖަރުންނަށް ޚިދުމަތް ދިނުމާއި، އޮޕަރޭޝަނަލް މެނޭޖްމެންޓް އަދި ބޭގޭޖް ޚިދުމަތުގެ ފެންވަރު ހިމެނެ އެވެ.

ގަން އެއާޕޯޓަކީ މި ވަގުތު ދެ އެއާލައިނަކުން ދަތުރުތައް ބާއްވާ އެއާޕޯޓެކެވެ. އެއީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ އެތެރޭގެ ދަތުރުތަކާއި ސްރީ ލަންކަން އެއާލައިންސުން ބާއްވަމުން އަންނަ ދަތުރުތެކެވެ. ސްރީ ލަންކަން އެއާލައިންސްކީ ގަން އެއާޕޯޓަށް ދަތުރުކުރާ ހަމައެކަނި ބޭރުގެ ޝެޑިއުލް އެއާލައިނެވެ.