Last Updated: June 29, 06:08
Monday, June 29, 2026
ޚަބަރު

ވައްކަމުގެ މައްސަލައެއްގައި ފޭދޫ މީހަކު ހޯދަނީ

ވައްކަމުގެ މައްސަލަ އެއްގައި ސ. ފޭދޫ މީހަކު ހޯދަން ފުލުހުން އިއްލާން ކޮށްފިއެވެ.

ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުޤީޤްކުރަމުންދާ ވައްކަމުގެ މައްސަލައަކާއި ގުޅިގެން ހޯދަމުން ދަނީ ސ. ފޭދޫ ސިމާނީ، ޢަލީ މުޝްތާޒް (31އ)އެވެ.

ފުލުހުން ބުނީ މުޝްތާޒު އަކީ ވައްކަމާއި ފޭރުމުގެ މައްސަލަތަކުގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ.

އޭނާ އާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓަލައިން ނަމްބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓްގެ ނަމްބަރު 9911099 އަށް ގުޅުއްވައި މަޢުލޫމާތު ހިއްސާކުރުމަށް ވަނީ އެދިފައެވެ.