Last Updated: June 8, 20:40
Monday, June 8, 2026
ޚަބަރު

ރޯދަ ސްޓޮކް މާޗް ކުރީކޮޅު ލިބޭނެ: އެސްޓީއޯ

އެސްޓީއޯ އިން ފިޔާ ބަރުކުރަނީ: ފޮޓޯ - ޓައިމްސް

ކުރިއަށް އޮތް ރޯދަ މަހަށް ބޭނުންވާ ތަކެތި އަންނަ މަހުގެ މަހު ކުރީކޮޅު ލިބި، ރޯދައަށް ތައްޔަރުވަމުން އަންނަ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ އެހެން އަހަރުތަކެކޭ އެއްގޮތައް މި އަހަރު ވެސް ރޯދަ މަހަށް ތައްޔާރުވެ، ދަތި ނުވާނެ ގޮތަށް އަސާސީ ތަކެތި ލިބޭނެ ކަމަށެވެ.

ނަމަވެސް މި އަހަރު ތަކެތީގެ އަގަށް ބަދަލު އައިސް ރޯދަމަހު ޒަރޫރީ ބޭނުންތަކަށް ބޭނުން ކުރާ ފިޔާ، އަލުވި ބިސް ފަދަ ތަކެތީގެ އަގު އުފުލިގެން ހިނގައިދާނެކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުގެ މެދުގައި އެބައޮތެވެ.

އެސްޓީއޯ އިން ބިނީ މި ފަހަރު ވެސް ދުރާލައި ތައްޔާރުވެ، ސްޓޮކް ހަމަ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އެގޮތުން އަންނަ މަހުގެ 23 ހައި ރޯދަ މަސް ފެށުމުގެ ކުރިން ކުރީކޮޅު ސްޓޮކް ލިބި ހުރިހާ ހިސާބަކަށް ފޮނުވާލެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އަދި ރޯދަ މަހުގެ ތެރޭގައި އަގު ކޮންޓްރޯލްކޮށް ހިފެހެއްޓޭނެ މުގެ ވަރަށް ބޮޑު ޔަގީން ކަމެއް އޮތް ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.

ރޯދަ މަހަކީ އަބަދުވެސް ބާޒާރުގައި ކާބޯތަކެތީގެ އަގުތައް އުފުލި، ލިބުމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވާ މަހަކަށްވާ އިރު، އާންމުންގެ މިފަދަ ޝަކުވާތަކާއ، ނުތަނަވަސްކަމަށް ހައްލު ހޯދައި ދިނުމަކީ އެކުންފުނީގެ މަގުސަދެއް ކަމަށް ސަރުކާރުގެ ވިޔަފާރި ކުންފުނިން ބުންޏެވެ.