Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

އިންޑިއާ އިން ރާއްޖެ އަށް 34 ސްކޮލަޝިޕް

މި އަހަރާއި އަންނަ އަހަރުގެ ދިރާސީ އަހަރަށް އިންޑިއާ އިން ރާއްޖެ އަށް ދިން 34 ސްކޮލަޝިޕަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

މިއީ އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް (އައިސީސީއާރް) މެދުވެރިކޮށް ދޭން ހަމަޖެހިފައިވާ ސްކޮލަޝިޕްތަކެވެ. އެގޮތުން މި ފުރުސަތުގައި ދިވެހި ދަރިވަރުންނަށް އިންޑިއާގެ ބޮޑެތި ސިޓީތަކުގެ އެންމެ މަތީފަންތީގެ ޔުނިވަސިޓީތަކުން އަންޑަ ގްރެޖުއޭޓް، ޕޯސްޓް ގްރެޖުއޭޓް އަދި ޕީއެޗްޑީ ފެންވަރަށް އާޓްސް، ސައިންސް، އިންޖިނިއަރިން، ބިޒްނަސް، ޓުއަރިޒަމް އަދި އެހެނިހެން ދާއިރާތަކުން ކިޔެވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.

މި ސްކޮލަޝިޕް ފުރުސަތުތަށް ހުޅުވާލާފައި ވަނީ އުމުރުން-30 އަހަރުގެ ޒުވާނުންނަށެވެ. ޕީއެޗްޑީ ސްކޮލަޝިޕަށް ކުރިމަތިލެވޭ އެންމެ ދޮށީ އުމުރަކީ 45 އަހަރެވެ.

ސްކޮލަޝިޕްތަކަށް އޮންލައިންކޮށް ވެސް ކުރިމަތިލެވޭނެއެވެ. މިކަމަށް ޚާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް އެޕްރީލް 30 ގެ ނިޔަލަށް ކުރިމަތިލާން ހުޅުވާލައިފަ އެވެ.