Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ލޯންޑްރީ ސަޓިފިކޭޝަން ޕްރޮގްރާމެއް ފަށައިފި

ރާއްޖޭގައި އަލަށް ލޯންޑްރީ ސަޓިފިކޭޝަން ޕްރޮގްރާމެއް ލޯންޗްކޮށްފި އެވެ.

ޓޫރިޒަމް ދާއިރާގެ ވަރަށް މުހިއްމު އޭރިއާއެއް ކަމަށްވާ ލޯންޑްރީ އަށް ހާއްސަ ސަޓިފިކޭޝަން ޕްރޮގްރާމް ލޯންޗްކުރީ މެރިއޮޓް އިންޓަނޭޝަނަލް މޯލްޑިވްސް އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެންނެވެ.

މި ޕްރޮގްރާމަކީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) ގެ އިން އެކްރެޑިޓް ވެސްކޮށްފައިވާ ޕްރޮގްރާމެކެވެ.

ލޯންޑްރީ ސަޓިފިކޭޝަންގެ ޕްރޮގްރާމްގެ ތެރޭގައި ހޮސްޕިޓާލިޓީ ދާއިރާ އަށް ލޯންޑްރީގެ މަަސައްކަތްތަކަށް ހުނަރުވެ މީހުން ބިނާކުރާނެ އެވެ. އެގޮތުން މީގެ ފުރަތަމަ ފްރޮގްރާމް ވަނީ 21 ބައިވެރިންނާ އެކީ ފަށައިފަ އެވެ. އޭގައި ބައިވެރި ވަނީ މެރިއޮޓްގެ ދަށުން ރާއްޖޭގައި ހިންގަމުން އަންނަ އެކި ރިސޯޓްގެ ލޯންޑްރީ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނެވެ.