Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

އެމްއައިބީގެ ހައްޖު ސޭވިން އެކައުންޓުން ހަދިޔާ

ހިތަދޫގައި ހުންނަ އެމްއައިބީގެ އައްޑޫ ބްރާންޗް.

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ޙައްޖު ސޭވިންސް އެކައުންޓު ހުޅުވައިގެން ފައިސާގެ އިނާމު ހޯފުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ބޭންކުން ބުނީ ހައްޖި ސޭވިންސް އެކައުންޓު ހުޅުވައިގެން ފައިސާ ރައްކާކޮށްގެން 10 ކަސްޓަމަރަކަށް ހަދިޔާއެއްގެ ގޮތުގައި 5،000ރ. ލިބޭނެ ކަމަށެވެ. ހައްޖު ސޭވިންގްސް އެކައުންޓު ހުޅުވުމަށް ބޭނުން ވާނީ ވެސް ޑިޕޮސިޓަށް 5،000ރ. ބަހައްޓައިގެންނެވެ.

އެ އެކައުންޓް ހުޅުވަން ބޭނުންވާ މީހުންނަށް އެމްއައިބީގެ ކޮންމެ ބްރާންޗެއްގައި ވެސް މިހާރު އެކައުންޓް ހުޅުވޭނެ އެވެ. މިކަން މި އަހަރުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.