ތަރިކަ ބެހުމާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް ހާއްސަ ވޯކް ޝޮޕެއް އައްޑޫގައި ބާއްވަން ހަމަޖެހިފައިވާ ކަމަށް އިސްޓިޓިއުޓް އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީސް (އިލިސް) އިން ބުނެފިއެވެ.
އިލިސްގެ އިސް އޮފިޝަލަކު ވިދާޅުވީ ތަރިކަ ބެހުމާއި، ތަރިކަ އާއި ގުޅޭ މައުލޫމާތު ދިނުމަށް ބާއްވާ ވޯކްޝޮޕް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 6 އިން އެމަހުގެ 19 އަށް އައްޑޫ ހައި ސަކޫލްގައެވެ.
އޮފިޝަލް ވިދާޅުވީ މި ވޯކްޝޮޕްގައި ބައިވެރިވުމުގެ ފީއެއްގެ ގޮތުގައި 600 ރުފިޔާ ދައްކަވަން ޖެހޭކަމަށެވެ. ވޯކްޝޮޕްގެ އެޕްލިކޭޝަން ، ހިތަދޫ ، ސަވާއިން އަދި އިން ޑައުންލޯޑް ކުރެވޭނެއެވެ.
ތަރިކަ އާއި ބެހޭ މައުލޫމާތު ދިނުމަށް ބާއްވާ ވޯކްޝޮޕްގައި ކިޔަވއިދޭނީ ކަމުގެ ތައުލީމާއި ގާބިލްކަން ލިބިފައިވާ ފަރާތްތަކުން ކަމަށް އިލިސް އިން ބުނެއެވެ.
މި ވޯކްޝޮޕާއި ބެހޭ މައުލޫމާތު 7761080، އަދި 7799260 އިން ގުޅުމުން ލިބިވަޑައިގަންނަވާނެ ކަމަށް އިލިސް އިން ބުނެއެވެ.