ހުޅުދޫ ޔޫތު ފައުންޑޭޝަނުން ކުރިއަށްގެންދާ "މިނިވަން ކަޕް"ގެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވާ ޝަންގްރިއްލާ ޔުނައިޓެޑްގެ ޓީމް މުބާރާތް އިންތިޒާމް ކުރާ ފަރާތުން ޑިސް ކޮލިފައި ކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަންގްރިއްލާ ޓީމް ޑިސް ކޮލިފައި ކޮށްފައިވަނީ ޓީމް މެޗް ކުޅެން ދަނޑަށް ހާޒިރު ނުވެގެން ކަމަށް ބުނެއެވެ.
ޝަންގްރިއްލާ ޓީމްގެ އިސް އޮފިޝަލަކު ބުނީ ޓީމް ކުޅުނު ދެ މެޗުން މޮޅުވެ ސެމި ކަށަވަރު ވެފައި ވަނިކޮށް ގްރޫޕްގެ ފަހު މެޗް ކުޅެން ތައްޔާރުވެގެން ހުޅުދޫއަށް ދާން ތައްޔާރުވަމުން ދަނިކޮށް މުބާރާތް އިންތިޒާމް ކުރާ ފަރާތުން އަނެއް ކޮޅުން ބައްދަލު ކުރާ ޓީމް ދަނޑަށް ހާޒިރު ނުވާނެ ކަމަށް އަންގާފައިވާ ކަމަށް ބުނެ ޝަންގްރިއްލާ ޓީމަށް މެޗް ލިބިފައިވާ ކަމަށް އަންގާފައިވާ ކަމަށެވެ.
އަދި އެގޮތަށް ޑިވިޝަނުން އެންގުމާއި ގުޅިގެން ޝަންގްރިއްލާ ޓީމް ހުޅުދޫއަށް ދިއުން ކެންސަލް ކުރި ކަމަށެވެ. ނަމަވެސް ފަހުން ޑިވިޝަނުން ނިންމީ ޝަންގްރިއްލާ ޓީމް ދަނޑަށް ހާޒިރު ނުވުމުން ހުޅުދޫ އެފްސީއަށް 3 ޕޮއިންޓާްއި އެކު ޝަންގްރިއްލާ ޑިސްކޮލިފައި ކުރާ ގޮތަށެވެ.
ޝަންގްރިއްލާ ޓީމުން ބުނީ އެޓީމް މުބާރާތުގައި ބައިވެރިވީ ހުޅުދޫ ޔޫތު ފައުންޑޭޝަނުން ހާއްސަ ދައުވަތަކަށް އެ ފަރާތުން ބޭނުންވި ގޮތަށް ގޯދިއްޔާ މުބާރާތަށް ޝަންގްރިއްލާއިން ނެރޭ ޓީމްގެ އެއްވެސް ކުޅުންތެރިއަކު ނުހުމަނައެވެ. އެހެންވެ ޝަންގްރިއްލާއިން މިނިވަން ކަޕަށް ނަގާފައިވަނީ މުޅިން އާ ޓީމެއް ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަންގްރިއްލާ މުބާރާތުން ވަކިކޮށްފައިވަނީ ވަކި ބަޔަކަށް ފައިދާ ކުރާ ގޮތަށް ރާވާލައިގެންނެވެ. އެކަން ޝަންގްރިއްލާ ޓީމުންވެސް ވަނީ ފާހަނގަ ކޮށްފައެވެ.
"ޝަންގްރިއްލާ މެނޭޖްމަންޓުން ވަރަށް ބޮޑު ހޭދައެއް ޓީމަށް ކޮށްދިން، އަދި ޝަންގިއްލާއިން ބޭނުންވޭ މިފަދަ މުބާރާތްތަކަށް އެއްބާރު ލުންދޭން. އެކަމަކު ޠުތު ފައުންޑޭޝަނުން ކަންތައް ކުރި ގޮތުން ރިސޯޓް މެނެޖްމަންޓް އޮތީ ހިތް ހަމަ ނުޖެހި" ޓީމްގެ ކުޅުން ތެރިއަކު ބުންޏެވެ.
ޑިވިޝަނުން ޝަންގްރިއްލާ ޓީމް ވަކި ކުރުމުން ގްރޫޕް އޭއިން އެއްވަނަ ޓީމެއްގެ ގޮތުގައި ހަމަޖެހިފައިވާ ހުޅުދޫ އެފްސީ ސެމީފައިނަލްގައި ބައްދަލުކުރާނީ ގްރޫޕްބީގެ 2 ވަނަ ޓީމް ކަމުގައި ހަމަޖެހުނު ހެރަތެރެ ޓީމާއެވެ.
ގްރޫޕް ބީން އެއްވަނަ ޓީމަކަށްހޮވުނު މުލިމަތިޓީމާއި ބައްދަލުކުރާނީ ގްރޫޕް އޭގެ 2 ވަނަ ޓީމަކަށް ހޮވުނު ހުޅުދޫ އޭޓީއާއެވެ.
މިކަމާއި ގުޅިގެން މުބާރާތް އިންތިޒާމް ކުރާ ފަރާތުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.