Last Updated: July 27, 10:03
Monday, July 27, 2026
މުނިފޫހިފިލުވުން

"ތާޖު" ގެ ޕްރީމިއާ މާޗް 3 ގައި

ހިންދީ ސިނަމާހެ ބަރުގަދަ ޝަހުސިއްޔަތު ދަރުމެންދުރާ ވެސް ރޯލެއް ކުޅެފައިވާ ޒީ5 ގެ ވެބް ސީރީޒް "ތާޖު: ޑިވައިޑެޑް ބާއި ބްލަޑް" ގެ އަންނަ މަހުގެ 3 ގައި ޕްރީމިއާކުރަން ނިންމައި އޭގެ ޓްރެއިލާ ވެސް ދައްކާލައިފި އެވެ.

ބޮޑު ކާސްޓެއް ހިމެނޭ މި ސީރީޒަކީ އިންޑިއާގައި ކުރިން އޮތް ނުފޫޒު ގަދަ މުގާލު ރަސްކަމުގެ ތެރޭގައ އޮތް ބައިބައިވުމާއި ކޯޅުން ދައްކުވައިދޭނެ އެއްޗެކެވެ. "ތާޖު" ގެ ކާސްޓްގައި އަދިތީ ރާއޯ ހައިދަރީ އާއި ނަސީރުއްދީން ޝާހާއި އާޝިމް ގުލާޓީ އާއި ތާހާ ޝާހާއި ޒަރީނާ ވައްހާބާއި ރާހުލް ބޯސް ފަދަ އެތައް ފަންނާނުނެއް ހިމެނެ އެވެ.

"ތާޖު" ގެ ސްކްރީން ރައިޓަރަކީ ސައިމަން ފަންޓޯޒާ އެވެ. ޑައިރެކްޓަރަކީ ރޮނާލްޑް ސްކަޕެލޯ އެވެ.