Last Updated: June 8, 19:18
Monday, June 8, 2026
ޚަބަރު

މެނިންޖައިޓިސް ވެކްސިން ސްޓޮކް ހުސްނުވޭ: އެސްޓީއޯ

އެސްޓީއޯ ހެޑް އޮފީސް - ފޮޓޯ: ކޯޕޮރޭޓް މޯލްޑިވްސް

އުމްރާއަށް ފުރާ މިހުންނަށް ބޭނުންވާ މެނިންޖައިޓިސް ވެކްސިން ސްޓޮކް އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެސްޓީއޯއިން ހާމަކޮށްފިއެވެ.

އެސްޓީއޯއިން މިކަން ހާމަކޮށްފައިވަނީ އެސްޓީއޯއިން ހަކުރު ބައްޔަށް ބޭނުންކުރާ ބައެއް ބޭހާއި، ހިތުގެ ބައްޔަށް ބޭނުންކުރާ ބޭސް ނުލިބޭތާ އެތައް ދުވަހެއްވެ، އަދި މެނިންޖައިޓިސް ވެކްސިން ހުސްވެފައިވާ ކަމަށް ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކައާއި ގުޅުވައިގެންނެވެ.

މިވާހަކަތަކާއި ގުޅުވައިގެން އެސްޓީއޯ މެޑިކަލްއިން ބުނެފައިވަނީ، ހަކުރު ބައްޔާއި، ހިތުގެ ބަލިތަކަށް ދާއިމީކޮށް ބޭނުން ކުރާ ބޭސް، މިވަގުތު ލިބެން ހުރި ކަމަށެވެ. އަދި މެނިންޖައިޓިސް ވެކްސިން ސްޓޮކެއް ހެލްތު މިނިސްޓްރީއާއި އީއްޔެ ހަވާލު ކުރެވި އައި ސްޓޮކް ބުރާސްފަތި ދުވަހު ލިބޭނެ ކަމަށް ވަނީ ހާމަކޮށްފައެވެ.

މިވަގުތު ދަމަނަވެށިން އެންމެންނަށް މެނިންޖައިޓިސް ވެކްސިން ޖަހައި ނުދެއެވެ. ނަމަވެސް، ރޯދައިގެ ކުރީން އުމްރާއަށް ފުރާ ފަރާތްތަކަށް ޖަހައިދެމުންދާ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

އެސްޓީއޯއިން ދަނީ ރާއްޖެ އެތެރެ ކުރާ ބޭހުގެ ދާއިމީ ސްޓޮކް ހުސްވިޔަ ނުދީ ހިފަހައްޓަން މަސައްކަތް ކުރަމުންނެވެ. މިގޮތަށް މަސައްކަތް ކުރާއިރު އެސްޓީއޯގެ ބައެއް ފިހާރަތަކުން ސްޓޮކް ހުސްވާ ފަހަރު ދެއެވެ. އެހެން ވިޔަސް އެހެން ފިހާރައަކުން ގެނެސް ވިއަސް ސްޓޮކް ކުރެއެވެ.