Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

"ގެދޮރުވެރިންގެ ކޮމިޓީ" އެކުލަވާލައިފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުުތަކާ ގުޅުން ހުރި މަސައްކަތްރަކަށް "ގެދޮވެރިންގެ ކޮމިޓީ" ގެ ނަމުގައި ހައުސިން މިނިސްޓްރީން ކޮމިޓީއެއް އެކުލަވާލައިފި އެވެ.

އެ މިނިސްޓްރީން ބުނީ މިއީ ސަރުކާރުގެ ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ހިންގާ ބިންވެރިޔާ އާއި ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވެލުއޭޓްކޮށް، ބިމާއި ފްލެޓް ދޭނެ ފަރާތްތައް ކަނޑައެޅުމަށްޓަކައި އެކުލަވާލި ކޮމިޓީއެއް ކަމަށެވެ.

ކޮމިޓީގައި ހިމެނެނީ ފަސް މެމްބަރުންނެވެ.

* އަކްރަމް ކަމާލުއްދީން، (ޗެއާޕާސަން)
* އަނަސް އަބްދުއްސައްތާރު (ކޯ-ޗެއާޕާސަން)
* މަރިޔަމް ނާޒިމާ، މއ. އެރިޒޯނާ
* އައިޝަތު ރަޝީދާ، ހ. ރެޖީނާ ހައުސް
* މުހައްމަދު އާރިފް، ހއ. އިހަވަންދޫ ނެދުންގެ

މި ފަސް މެމްބަރުންނާ އެކީ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން އިއްޔެ ވަނީ ބާއްވައިފަ އެވެ.