ހުޅުދޫ ޔޫތު ފައުންޑޭޝަން އިން ކުރިއަށް ގެންދިޔަ މިނިވަން ކަޕްގެ ޗެމްޕިއަންކަން މީދޫ މުލިމަތި ޓީމް ހޯދައިފިއެވެ.
އިއްޔެ ހަވީރު ހުޅުދޫ ފުޓްބޯޅަ ދަނޑުގައި ހެރެތެރެ ޓީމް އާއި ވާދަކޮށް މުލިމަތި މޮޅުވެފައިވަނީ 5-3 ލަނޑުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މެޗްގެ ފުރަތަމަ ލަނޑު ޖަހައި ލީޑް ހޯދީ މުލިމަތި ޓީމުންނެވެ. މިލަނޑު ކާމިޔާބް ކޮށްދިނީ މުލީ މެޗްގައިވެސް މޮޅަށް ކުޅުނު އައްސަދުއެވެ.
ފައިނަލް މެޗަށް ފަހު ވަނީ މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ބާއްވާފައެވެ. އެގޮތުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށާ މިމުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ މުލިމަތިޓީމްގެ އަޝްރަފެވެ.
ފެއަރޕްރޭ ކުޅުންތެރިއަކަށް ހޮވިފައިވަނީ ހުޅުދޫ އޭޓީގެ ރިފާއު މޫސާއެވެ. އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވިފައިވަނީ ހެރަތެރެޓީމްގެ އަބްދުﷲ އަލީއެވެ. ފެއާޕްލޭ ޓީމަކަށް ހޮވިފައިވަނީ ހުޅުދޫ އޭޓީއެވެ.
މިމުބާރާތުގެ އެންމެ މޮޅު ފަސްކުޅުންތެރީންނަކަށް ހޮވިފައިވަނީ މުލިމަތިޓީމްގެ އަޝްރަފްއާއި އެޓީމުގެ އިސްމާއީލް ރަޝީދާއި ހުޅުދޫ އެފްސީގެ ނާޒިލުގެ އިތުރަށް ހެރަތެރެޓީމްގެ އަބްދުﷲ އަލީއާއި އޭޓީގެ މުއައްމަރެވެ.
ޗެމްޕިއަންޓީމަކަށް 15000 ރ ( ފަނަހާސްރުފިޔާއާއި ) ރަން މެޑަލް އަދި ދެވަނަ ޓީމަކަށް 7500 ރ ( ހަތްހާސް ފައްސަތޭކަރުފިޔާ) އާއި ރިހިމެޑަލް ދޭގޮތަށް ކުޅުނު މިމިމުބާރާތުގެ ޗެމްޕިއަންޓީމަކަށް ހޮވުނު މުލިމަތިޓީމަށް މެޑަލްއާއި ވާދައިގެ ތަށި އަދި ފަނަރަހާސްރުފިޔާގެ ރަމްޒީ ޗެކް ހަވާލްކޮށްދެއްވީ ހުޅުމީދޫ ކައުންސިލަރު އަލީ މުހައްމަދެވެ.