Last Updated: July 27, 10:03
Monday, July 27, 2026
މުނިފޫހިފިލުވުން

އާލިއާ އަށް ޕަޕަރާޒީންގެ ނުހޮރުއްޕާން!

ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓަށް މި ފަހަކަށް އައިސް ޕަޕަރާރީންގެ އުނދަގުލާއި ތުރާ ވަރަށް ބޮޑަށް ކުރިމަތިވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިންސްޓަގްރާމް ޕޯސްޓްތަކެއްގައި ޕަޕަރާޒީންގެ އަމަލުތަކާ ހެދި ޕްރައިވެސީ ގެއްލި، ޒާތީ ދިރިއުޅުމަށް ކުރިމަތިވެފައިވާ އުނދަގޫތަކުގެ ވާހަކަ ހިއްސާކޮށް، އާލިއާ ވަނީ އެ މީހުންގެ އަމަލުތައް ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. އޭނަގެ ޕޯސްޓްތަކުގައި މުމްބާއީ ފުލުހުން ވެސް ޓެގްކޮށްފައިވެ އެވެ.

އާލިއާގެ އެއް ޕޯސްޓެއްގައި ބުނީ ޕަޕަރާޒީންގެ އުނދަގުލާ ހެދި މިހާރު ގޭގައި ވެސް އުޅެން ދަތިވެއްޖެ ކަމަށާއި ކޮންމެ ކަމަކަށް ވެސް ހައްދެއް އޮންނަން ވާނެ ކަމަށެވެ. އަދި އިހަކަށް ދުވަހަކު ވެސް ފެނުނީ ފޮޓޯގްރާފަރުންތަކެއް، އޭނަގެ އަަވައްޓެރިއެއްގެ ގޭގެ ޓެރަހަށް އަރައިގެން ފޮޓޯތަކެއް ނަގަން މަސައްކަތް ކުރަނިކޮށް ކަމަށް އެކްޓަރު ރަންބީރް ކަޕޫރްގެ އަންހެނުން ބުންޏެވެ.

އާލިއާ ބުނީ އޭނަގެ ދަރިފުޅުގެ ފޮޓޯ ނަގަން މަސައްކަތް ނުކުރުމާއި އަދި ކުއްޖާގެ ފޮޓޯ ނަގައި އާންމު ނުކުރަން ތަކުރާރުކޮށް ޕަޕަރީންގެ ކިބައިން ވަރަށް ރީތިކޮށް އެދިފައިވާނެ ކަމަށެވެ. އެކަމަކު އެ މީހުން އެކަމަށް ވެސް ބޯނުލަނބާ ކަމަށާއި ހަމަނޭވާލާން މިހާރު އުނދަގޫވާ ވަރަށް ޕަޕާރީންގެ ނުހޮރުއްޕާން ބޮޑުވެއްޖެ ކަމަށް 29 އަހަރުގެ ބަތަލާ ބުންޏެވެ.

"ކޮންމެ ކަމަކަށް ވެސް ހައްދެއް އޮންނަނަން ވާނެ. މިހާރު ދެން ޕަޕަރީންގެ ކަންތައް މާ މައްޗަށް ހިނގައްޖެ." ޕޯސްޓެއްގައި އާލިއާ ބުންޏެވެ.

އޭނަ ބުނި ގޮތުގައި މީޑިއާތަކުގައި މަސައްކަތްކުރާ ބައެއް މީހުން އުޅެނީ "ހައްދުން ބޭރުގައި" ކަމަށާއި އެ މީހުން ތަންކޮޅެއް ތަސައްރަފު ފުދޭ ބަޔަކަށް ވާން ވެސް ވެއްޖެ ކަމަށެވެ.

އާލިއާގެ ޕޯސްޓްތަކާ ގުޅިގެން ކަރަންގެ އިތުރުން ފިލްމީ ތަރިން ކަމަށްވާ އަނުޝްކާ ޝަރުމާ އާއި އަރުޖުން ކަޕޫރާއި ޖާންވީ ކަޕޫރްގެ އިތުރުން އާލިއާގެ މަންމަ ސޯނީ ރާޒްދާން އާއި ދައްތަ ޝާހީން ވެސް ބަޓް ވެސް، އާލިއާގެ ޕޯސްޓްތަކާ އެކީ ކަންބޮޑުން ފާޅުކޮށްފައިވެ އެވެ.