Last Updated: June 8, 19:18
Monday, June 8, 2026
ޚަބަރު

އީފާސް ތަޖުރިބާކޮށްލަން ހުޅުވާލައިފި

އީފާސް އެޕް މެދުވެރިކޮށް ޑިޖިޓަލް އައިޑީ ޓެސްޓު ކުރުމަށް ފުރުސަތު ހުޅުވާލައިފި އެވެ.

އީފާސް އެޕް މެދުވެރިކޮށް ޑިޖިޓަލް އައިޑީ ތަޖުރިބާ ކޮށްލުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާ އިރު، މިވަގުތު ހުޅުވާލަނީ ފުރަތަމަ ހުށަހަޅާ 500 ފަރާތަށެވެ. އަދި މިވަގުތު އެޕް ދެނީ އެންޑްރޮއިޑް ބޭނުން ކުރާ ފަރާތްތަކަށެވެ.

އެންސީއައިޓީ މިފުރުސަތު ހުޅުވާލާނީ އެއްފަހަރާ ގިނަ ބަޔަކު އެ ޚިދުމަތް ބޭނުންކުރަން ފެށުމުން އަންނާނެ ބަދަލުތައް ދެނެގަނެ ރަނގަޅު ކުރަން ޖެހޭ ކަންތައްތައް ރަނގަޅު ކުރުމެވެ. އެގޮތުން މިހާރު ވެސް 180 މީހަކު ޑިޖިޓަލް އައިޑީ ނެޝަނަލް އައިޑީ ކާޑް ތަޖުރިބާ ކުރަމުން އަންނަ އެންސީއައިޓީން ބުންޏެވެ.

އަލަށް ބޭނުންކުރުމަށް ތައްޔާރުވާ މި ކާޑަކީ ސެކިއުރިޓީ ގިނަ ފީޗާތަކެއް އެކުލެވޭ ވަރަށް ރައްކާތެރި ކާޑެކެވެ.

ޑިޖިޓަލް އައިޑެންޓިޓީ ކާޑް ތައާރަފު ކުރާނީ އެއާ އެކީ އަލަށް ތައާރަފުކުރާ އީފާސް އެޕްލިކޭޝަން މެދުވެރިކޮށެވެ. މި އެޕް ފަރުމާކޮށްފައި ވަނީ ސަރުކާރުގެ އިދާރާއަކުން ދޫކުރާ އެ މީހެއްގެ ޒާތީ މަޢުލޫމާތާ ގުޅޭ ހުރިހާ ކާޑްތައް، ޑިޖިޓަލްކޮށް ބޭނުންކުރެވޭ ގޮތަށެވެ.