Last Updated: July 22, 12:00
Wednesday, July 22, 2026
ވިޔަފާރި

ސްޓާބަކްސް ކޮފީ އަށް ޒައިތޫނި ތެލުގެ ރަހަ

ޒައިތޫނި ތެޔޮ އިންފިއުޒްކޮށްފައިވާ ކޮފީ ކަލެކްޝަނެއް އިޓަލީގައި މިއަދު ލޯންޗްކުރަން ނިންމާފައިވާ މަޝްހޫރު ސްޓާބަކްސް އިން ބުނެފި އެވެ.

އެމެރިކާގެ ކުންފުނީގެ އެކްޒެކެޓިވް ހޮވާޑް ޝުލްޒު ވިދާޅުވީ ކޮފީގެ ރަހަ އަށް ޒައިތޫނި ތެލުގެ ރަހަ އައުމަކީ ވަރަށް އުންމީދު ނުކުރާ ކަހަލަ ބަދަލަކަށް ވާނެ ކަމަށާއި އެކަމަކު މިއީ ކެއުމުގެ ވައްޓަފާޅީގައި ޒައިތޫނި ތެލަށް ވަރަށް ބޮޑަށް ބަރޯސާވާ އިޓަލީގެ ކަސްޓަމަރުންނަށް ވަރަށް ހިތްގައިމު އައިސް ކޮފީގެ ރަހަތަކަކަށް ވާނެ ކަމަށެވެ.

އިޓަލީގައި ސްޓާބަކްސްގެ 20 އައުޓްލެޓް ހިންގަމުން ދެ އެވެ. އެކަމަކު އެ ގައުމަކީ ކޮފީގެ އާއިލީ ވިޔަފާރީގެ ނުފޫޒު ވަރަށް ގަދަ ގައުމެކެވެ. އެހެންވެ ކޮފީގެ ވިތަފާރީގައި ސްޓާބަކްސް އަށް އިޓަލީގައި ބޮޑު ވާދަވެރިކަމަކާ ކުރިމަތިލާން ޖެހެ އެވެ.

އެ ކުންފުނިން ބުނި ގޮތުައި ޒައިތޫނީ ތެލުގެ ރަހަދޭ ކޮފީގެ ބުއިންތަކެއް އިޓަލީގައި މިއަދު ލޯންޗްކުރުމަށް ފަހު، ކުރިއަށް އޮތް ބަހާރު މޫސުމުގައި އެމެރިކާގެ ކެލިފޯނިއާގައި ވެސް އެ ލޯންޗްކުރާނެ އެވެ. އަދި އަހަރުގެ ފަހުކޮޅު އިނގިރޭސިވިލާތާއި ޖަޕާއި މެދުއިރުމަތީ ވެސް މި ބުއިން ތައާރަފުކުރާނެ ކަމަށް ބުންޏެވެ.