Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ބްރޮޑްކޮމްއަށް އައްޔަނުކުރުމަށް ހަތަރު ނަމެއް ފޮނުވައިފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އަށް އައްޔަނު ކުރުމަށް ހަތަރު ނަމެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައިވަނީ ބްރޮޑްކޮމްއަށް އައްޔަނުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފެންނަ ހަތަރު ބޭފުޅެއްގެ ނަން ފޮނުވާފައެވެ.

އޭގެތެރޭގައި ހިމެނެނީ ޝިހާމް މުހައްމަދު ވަހީދު ދަފްތަރު ނަމްބަރު ރސ 5143، ޝާން ސޯލިހު މުހައްމަދު ފިނިވާދީގެ ދ. ކުޑަހުވަދޫ، ހުސެއިން އަމްރު ވ. ރޯޝަން އަދި ޝަފާ ޝަފީގް ބިއްލޫރިވިލާ ދ. މީދޫއެވެ.

ބްރޮޑްކޮމްއަށް އައްޔަނުކުރުމަށް ހަތަރު ފަރާތެއްގެ ނަން ފޮނުވާފައިވަނީ ބްރޯޑްކޮމްގެ މެންބަރު އަމްޖަދު ވަހީދުގެ މެންބަރު ކަމުގެ މުއްދަތު އަންނަ މަހު 15 ގައި ހަމަވާތީއެވެ.