ފްރާންސްގެ ހައި ސްކޫލެއްގެ ދަރިވަރަކު ޓީޗަރެއްގެ ގަޔަށް ވަޅި ޖަހައި މިއަދު މަރާލައިފި އެވެ.
މި ހާދިސާއާ ގުޅިގެން ދަރިވަރު ހައްޔަރުކޮށް، މައްސަލަ މިހާރު އަންނަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފްރާންސްގެ އަވަށެއް ކަމަށްވާ ސެއިންޓް-ޖިއަން-ޑި ލޫޒް ގެ ސެއިންޓް ތޯމަސް ޑި އެކްއިން ޕްރައިވެޓް ހައި ސްކޫލްގައި ހިންގި ހާދިސާގައ މަރާލީ ސްޕެއިނަށް ނިސްބަތްވާ 50 އަހަރުގެ ފިރިހެން ޓީޗަރެކެވެ. ދަރިވަރު އޭނަ އަށް ހަމަލާ ދިނީ ކްލާސްތެރޭގައި ފިލާޅެއް ނަގައިދޭން އުޅެނިކޮށް ކަަމަށާއި ޓީޗަރު މަރުވީ އެ ހާދިސާ ހިނގުމާ އެކީ ހާޓްއެޓޭކެއް ވެސް ޖެހިގެން ކަމަށް މީޑިއާތަކުން ބުންޏެވެ.
Immense émotion suite au décès aujourd’hui d’une professeure au lycée Saint-Thomas-d’Aquin à Saint-Jean-de-Luz. Mes pensées pour sa famille, ses collègues et ses élèves. Je me rends sans délai sur place.
— Pap Ndiaye (@PapNdiaye) February 22, 2023
ނަމަވެސް މަރާލި ޓީޗަރުގެ ވަނަވަރާއި ޓީޗަރު މަރާލި 16 އަހަރުގެ ދަރިވަރުގެ ވަނަވަރެއް ވެސް ކަމާބެހޭ ފަރާތްތަކުން އަދި ހާމައެއްނުކުރެ އެވެ.
މި ހާދިސާއާ ގުޅިގެން ފްރާންސްގެ އެޑިއުކޭޝަން މިނިސްޓަރު ޕެޕް އެންޑިޔާއީ ކުރެއްވި ޓްވީޓެއްގައި ހިތާމަފާޅު ކުރައްވައި ޓީޗަރުގެ އާއިލާއާ އެކީ ތިބި ކަމަށް ވިދާޅުވެފައިވެ އެވެ.