Last Updated: April 23, 20:03
Tuesday, April 23, 2024
ޚަބަރު

މެމްބަރު ރިޒާ އަވަހާރަވެއްޖެ

މެންބަރު ކަމުގެ ހުވާ ރިޒާ ކުރައްވަނީ -- ފޮޓޯ / މަޖިލިސް

ކ.ގުރައިދޫ ދާއިރާގެ މެމްބަރު ރިޒާ މިރޭ އަވަހާރަވެއްޖެ އެވެ.

ރިޒާ އަވަހާރަވީ މެލޭޝިއާގައި ސިއްހީ ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ރިޒާ އަކީ ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރެއް ކަމަށްވާއިރު ރިޒާ މިފަހަރު ފުރުއްވަމުން ގެންދެވީ މެމްބަރު ކަމުގެ ތިންވަނަ ދައުރެވެ. ރިޒާ އަކީ ގާނޫނީ ވަކީލެއްގެ ގޮތުގައިވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ހިނގަމުންދާ 19 ވަނަ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ކޮމަންޑޫ ދާއިރާގެ ކުރީގެ މެންބަރު ހުސައިން ވަހީދު ވެސް ވަނީ އަވަހާރަވެފަ އެވެ. އޭނާ އަވަހާރަވީ 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.