Last Updated: July 27, 10:03
Monday, July 27, 2026
މުނިފޫހިފިލުވުން

ސެލްފީ ނަގައިގެން އަކްޝޭ އަަށް ރެކޯޑެއް

މާދަމާ ރިލީޒްކުރާ ފިލްމު "ސެލްފީ" ގެ ޕްރޮމޯޝަންގެ ތެރެއިން ފޭނުންތަކަކާ އެކީ ސެލްފީ ނަގައިގެން އަކްޝޭ ކުމާރު ކުމާރު ދުނިޔޭގެ ރެކޯޑެއް ހަދައިފި އެވެ.

ގިނިސް ވޯލްޑް ރެކޯޑުން މިހާރު ކަށަވަރު ވެސް ކޮށް ދީފައިވާ މި ރެކޯޑަކީ ތިން މިނިޓްގެ ތެރޭގައި އެންމެ ގިނަ ސެލްފީ ނެގުމުގެ ރެކޯޑެވެ. އެގޮތުން ފިލްމު "ސެލްފީ" ގެ ޕްރޮމޯޝަނަލް އިވެންޓެއްގެ ތެރޭގައި އަކްޝޭ ވަނީ އިއްޔެ ތިން މިނިޓްގެ ތެރޭގައި 184 ސެލްފީ ނަގައިފަ އެވެ.

މި ވާހަކަ އޭނަ ފޮޓޯތަކާއި ވީޑިއޯއާ އެކީ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށް ރެކޯޑް ހަދަން މަގުފަހިކޮށްދިން ފޭނުންނަށް ޝުކުރު ވެސް އަދާކޮށްފައިވެ އެވެ.

މާދަމާ ސިނަމާތަކަށް ދޫކޮށްލާ އަކްޝޭގެ "ސެލްފީ" އަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ފިލްމެކެވެ. ކާސްޓްގައި އިމްރާން ހާޝިމީ އާއި ޑަޔާނާ ޕެންޓީގެ އިތުރުން ނުޝްރަތު ބަރުޗާ ވެސް ހިމެނޭ މި ފިލްމަކީ ދަރުމާ އަށް އަކްޝޭ ކުޅުނު 2019 ގެ "ގުޑް ނިއުސް" ގެ ޑައިރެކްޓަރު ރާޖް މެހެތާ ހަދާފައިވާ ފިލްމެކެވެ.

މިދިޔަ އަހަރު "ޖުގް ޖުގް ޖިއޯ" ގެނެސްދިން ރާޖްގެ މި ފިލްމަކީ 2019 ގެ މަލަޔާޅަމް ކޮމެޑީ-ޑްރާމާ "ޑްރައިވިން ލައިސަންސް" ގެ ރިމޭކެކެވެ. "ސެލްފީ" އަކީ މި އަހަރު ރިލީޒްވާ އަކްޝޭގެ ފުރަތަމަ ފިލްމެވެ.