Last Updated: July 27, 10:03
Monday, July 27, 2026
މުނިފޫހިފިލުވުން

ޝާލިންގެ "ބޭގާބޫ" ގެ ޕްރޮމޯ ދައްކާލައިފި

މި މަހުގެ ކުރީކޮޅު ކަލާސް އިން ނިންމާލި ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 16 ގެ ގަދަ ފެހަކަށް ދިޔަ ޓީވީ އެކްޓަރު ޝާލިން ބެނޮޓްގެ އާ ސީރީޒް "ބޭގާބޫ" ގެ ޕްރޮމޯ ދައްކަން ފަށައިފި އެވެ.

މި ޕްރޮމޯ ޝާލިންގެ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށް އަނެއްކާ ވެސް އާ ދަތުރެއް ފެށީ ކަމަށް ބުނެފައިވެ އެވެ. ކާމިޔާބު އެތައް ސިލްސިލާއެއް ގެނެސް ދީފައިވާ އެކްތާ ކަޕޫރްގެ އާއިލީ ކުންފުނި، ބާލާޖީގެ "ބޭގާބޫ" ގެ ޕްރޮމޯއިން ފެންނަ ގޮތުގައި މިއީ ފެންޓަސީ/ސުޕަނެޗްރަލް ކަންތައްތަކެއް ދައްކުވައި ދޭނެ އެއްޗެކެވެ.

ސިލްސިލާގައި ޝާލިންއާ އެކީ ބަތަލާގެ ރޯލުން ފެންނާނީ މިދިޔަަ އަހަރުން ކަލާސް އިން ނިންމާލި ސިލްސިލާ "ސިރުފް ތުމް" ގެ ބަތަލާ އީޝާ ސިންގެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ބޭގާބޫ" ގެ ކާސްޓްގައި ކުރިން "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އާއި "ބަލިކާ ވަދޫ 2" ގައި މަސައްކަތްކުރި ބަތަލާ ޝިވާންގީ ޖޯޝީގެ އިތުރުން މޮނަލީސާ އާއި ޒައިން އިމާމް ވެސް ހިމެނެ އެވެ.

"ބޭގާބޫ' ދައްކަން ފަށާނެ އިރެއް އަދި ކަލާސް އިން އިއުލާނެއް ނުކުރެ އެވެ.