Last Updated: June 14, 06:05
Sunday, June 14, 2026
ޚަބަރު

މެމްބަރުގެ ރިޒާގެ އާއިލާ އަށް ރައީސްގެ ތައުޒިޔާ

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާ އަވަހާރަވުމާ ގުޅިގެން އާއިލާ އަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މެމްބަރުކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި ރައީސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޒާ އަކީ ވެސް ވަރަށް ގިނަ ދުވަހު މަޖިލީހުގައި މަސައްކަތްކުރެއްވި ބޭފުޅެއް ކަމަށެވެ.

"މަރްޙޫމްގެ ޢާއިލާ އަށް އިޚްލާޞްތެރި ތަޢުޒިޔާ ދަންނަވަން. މަރްޙޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި." ރައީސް ވިދާޅުވި އެވެ.

ރިޒާ އަވަހާރަވީ ރިޒާ އަވަހާރަވީ މެލޭޝިއާގައި ސިއްހީ ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

އޭނަ އަކީ ޕީޕީއެމަށް ނިސްބަތްވެވަޑައިގެންނެވި މެމްބަރެކެވެ.

ރިޒާ އަވަހާރަވުމާ ގުޅިގެން މަޖިލީހުގެ ވަރަށް ގިނަ މެމްބަރުން ޓްވިޓާގައި ހިތާމަ ފާޅުކުރައްވައި، އާއިލާ އަށް ތައުޒިޔާ ވިދާޅުވެފައިވެ އެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ރިޒާގެ އާއިލާ އަށް ތައުޒިޔާ ވިދާޅުވެފައިވެ އެވެ.