މާފުށީ ޖަލުގައި ގައިދީންނަށް އަނިޔާ ކުރަމުންދާ ކަމަށާއި އަދި ގައިދީންތަކެއް ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުންދާ ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ދެކެވެމުން އަންނަ ވާހަކަތައް ކޮމިޝަނަ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު މިއަދު ދޮގު ކުރައްވައިފި އެވެ.
އޭނަ މިއަދު ކުރެއްބި ޓުވީޓެއްގައި ވިދާޅުވީ މާފުށި ޖަލުގެ ޔުނިޓް 11 ގެ ގައީދީންނަށް އަނިޔާ ކުރަމުންދާ ކަމަށް ބުނެ ދައުރުވަމުންދާ ވާހަކަ އަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.
"އެ ޔުނިޓްގެ އެއްވެސް ޤައިދީއަކަށް އަނިޔާއެއް ކޮށްފައެއް ނުވޭ. އަދި އެޔުނިޓުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ވެސް] ކުރިއަކަށް ނުދޭ." އަހުމަދު ވިދާޅުވި އެވެ.
މާފުށި ޖަލުގެ ޔުނިޓް 11 ގެ ޤައީދީންނަށް އަނިޔާ ކުރަމުންދާ ކަމަށް ދައުރުވަމުންދާ ވާހަކަ އަކީ ހަގީގަތާ ހިލާފު ވާހަކައެވެ. އެ ޔުނިޓްގެ އެއްވެސް ޤައިދީއަކަށް އަނިޔާއެއް ކޮށްފައެއް ނުވޭ އަދި އެޔުނިޓުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެ ކުރިއަކަށްނުދޭ.
— Ahmed Mohamed (@ahumadhumohamed) February 23, 2023
ޖަލުގައި ހުކުމް ތަންފީޒު ކުރަމުން އަންނަ ގައިދީންގެ ތެރެއިން ހަރުކަށި ފިކުރަށް ނިސްބަތްވާ މީހުން ބައިތިއްބާފައި ތިބޭ ޔުނިޓްގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުންދާ ވާހަކަ އެންމެ ފުރަތަމަ މިޑިއާތަކުން ރިޕޯޓްކުރީ މީގެ ތިން ވަރަކަށް ދުވަސް ކުރިންނެވެ.
މިދިޔަ ހަފުތާގައި އެ ޔުނިޓްގައި ތިބޭ ގައިދީންތަކެއް ޖަލުގައި ހަމަނުޖެހުން ހިންގަން މަސައްކަތް ކުރުމުން ފުލުހުންނާއި، ކަރެކްޝަންގެ އޮފިސަރުން އެކަން ހުއްޓުވާފައިވެ އެވެ.