Last Updated: June 29, 06:08
Monday, June 29, 2026
ޚަބަރު

ފޭދޫ ހައުސިން ޔުނިޓް ތަކުގެ ގުރުލުން މާދަމާ

ސ. ފޭދޫގައި ސަރުކާރުން އިމާރާތްކޮށްފައިވާ 25 ހައުސިން ޔުނިޓް ތެރެއިން ގުރުއަތު ލުމަށް ހަމަޖެހިފައިވާ 5 ހައުސިން ޔުނިޓްގެ ގުރުލުން މާދަމާ ހެނދުނު ސ. ފޭދޫ އަވަށު އޮފީހުގައި ބާއްވަން ނިންމައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ހައުސިން ޔުނިޓްގެ ތެރެއިން 40 ޕޮއިންޓަށް ވުރެ މަތިން ހޯދައިގެން 19 ފަރާތަކުން ހައުސިން ޔުނިޓް ކަށަވަރުކޮށްފައިވާ ކަމަށެވެ. އަދި 35 ޕޮއިންޓުން މަތި ހޯދައިގެން ގުރުއަތަށް ހޮވިފައިވާ ފަރާތްތަކަށް ބާއްވާ ގުރުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10 ޖަހާއިރުއެވެ.

ކައުންސިލުން ބުނީ 1 ހައުސިން ޔުނިޓް ފޭދޫގައި ދިރިއުޅޭ ބޯހިޔާވަހިކަން އެއްގޮތަކަށްވެސް ނުލިބޭ ފަރާތްތަކަށް ދިނުމަށް ބަހައްޓާފައިވާ ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އިމާރާތް ކުރި މި 25 ހައުސިން ޔުނިޓަށް އެތައް ބަޔަކު ދިގު އިންތިޒާރެއް ކޮށްފައިވާ އިރު މި އިމާރާތްތަކަށް ބޮޑެތި ގެއްލުންތައް ވަނީ ލިބިފައެވެ.