މިއަދުގެ ރީތި ތާރީހުގައި މާލޭގައި އެކަނިވެސް 30 އަށްވުރެއް ގިނަ ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެފިއެވެ.
މިއަދުގެ ތާރީހު ކަމުގައިވާ 23.02.2023 އަކީ މިއަހަރު އަންނަ ރީތި ތާރީހުތަކުގެ ތެރެއިން ތާރީހެކެވެ.
ފެމިލީ ކޯޓުން ބުނެފައިވަނީ މިއަދު ފެމިލީ ކޯޓުން 38 ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ކޯޓުގެ ރަސްމީ ގަޑީގައި 19 ކައިވެނި އަދި ނުރަސްމީ ގަޑީގައި 19 ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
23 ފެބުރުވަރީ 2023 ގައި ފެމިލީ ކޯޓުގައި ކޮށްދިނުމަށް ހަމަޖެހިފައިވާ ކާވެނީގެ ތަފާސްހިސާބު pic.twitter.com/37VtUfSXtA
— Family Court (@FamilyCourtMv) February 23, 2023
ފެމިލީ ކޯޓުގެ 2023 ވަނަ އަހަރުގެ ޖަނަވަރީ މަހު 195 ކައިވެނި ކޮށްދީފައިވާއިރު 127 ވަރި ކޮށްދީފައިވެއެވެ.
2022 ވަނަ އަހަރުގެ ތަފާސް ހިސާބަށް ބަލާއިރު ފެމިލީ ކޯޓުން 2514 ކައިވެނި ކޮށްދިންއިރު 1346 ވަރި ރަޖިސްޓްރީ ކޮށްދީފައިވެއެވެ.