Last Updated: July 26, 18:11
Monday, July 27, 2026
މުނިފޫހިފިލުވުން

"ބެކްސްޓްރީޓް ބޯއިސް" އިންޑިއާ އަށް

އެމެރިކާގެ މަޝްހޫރު މިއުޒިކް ބޭންކް "ބެކްސްޓްރީޓް ބޯއިސް" އަންނަ މެއި މަހު އިންޑިއާގައި ޝޯތަކެއް ދޭން ހަމަޖެހިއްޖެ އެވެ.

އެ ގައުމުގެ މުމްބާއީ އާއި ނިއު ދިއްލީގައި ބޭންޑުން ޝޯ ދޭން ހަމަޖެހިފައި ވަނީ އަންނަ އެޕްރީލް މަހުގެ މަހުގެ 28 އިން މެއި 19 އަށް ކުރިއަށް ގެންދަން ނިންމާފައިވާ "ޑީއެންއޭ ވޯލްޑް ޓުއާ 2023" ގެ ތެރެއިންނެވެ. އެގޮތުން "ބެކްސްޓްރީޓް ބޯއިސް" 13 އަހަރު ފަހުން އިންޑިއާ އަށް ކުރާ ދަތުރުގައި ޝޯތައް ދޭން ހަމަޖެހިފައި ވަނީ މެއި މަހުގެ 4 އާއި 5 ގަ އެވެ.

މެއި 4 ގެ ޝޯ މުމްބާއީގައި ބާއްވާ ޝޯ އިރު، މެއި 5 ގައި ޝޯ ދޭނީ ވެރިރަށް ދިއްލީގަ އެވެ.

ކާމިޔާބު އެތައް ލަވައެއް އާންމުންނަށް ގެނެސްދީފައިވާ "ބެކްސްޓްރީޓް ބޯއިސް" ގެ ވޯލްޑް ޓުއާގެ ތެރެއިން ޝޯތައް ދޭން ހަމަޖެހިފައިވާ ގައުމުތަކުގެ ތެރޭގައި އައިސްލޭންޑް، މިސްރު، ޔޫއޭއީ، ބަހްރެއިން، ސައުދީ އަރަބިއްޔާ، އިޒްރޭލް އަދި ދެކުނު/އުތުރު އެފްރިކާ ހިމެނެ އެވެ.

"ޑީއެންއޭ ވޯލްޑް ޓުއާ 2023" ޓުއާގެ ތާރީހުތައް ވެސް ބޭންޑުން ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.

މީގެ 30 އަހަރު ކުރިން އުފަންވި "ބެކްސްޓްރީޓް ބޯއިސް" ގައި ހިމެނެނީ ފަސް މެމްބަރުންނެވެ. އެއީ ނިކް ކާޓާ، ކެވިން ރިޗަޑްސަން، ބްރަޔަން ލިޓްރެލް، ހޯވީ ޑޮރޯ އަދި އޭޖޭ މެކްލީން އެވެ. މިހާތަނަށް 10 އަލްބަމް ނެރުނު ބޭންޑްގެ އެންމެ ފަހުގެ އަލްބަމަކީ މިދިޔަ އަހަރު ނެރުނު "އަ ވެރީ ބެކްސްޓްރީޓް ކްރިސްމަސް" އެވެ.